ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އާދަޔާ ހިލާފު ކޮންގްރެސް އޮގަސްޓު 15 ގެ ކުރިން ބާއްވަނީ!

އެމްޑީޕީގެ ކޮންގްރެސް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ އޮގަސްޓު މަހުގެ މެދާއި ހަމައަށް ދިއުމުގެ ކުރިން ޕާޓީގެ އާދަޔާ ހިޔާލު ކޮންގްރެސް ބޭއްވުމަށް ގައުމީ މަޖިލީހުގެ މިރޭ އޮތް ބައްދަލުވުމުގައި ފާސްކޮށްފި އެވެ.

މީޑިއާތަކަށް ސިއްރުން ކުރިޔަށް ގެންދިޔަ އެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ އޮގަސްޓު 15 ގެ ކުރިން ޕާޓީގެ ކޮންގްރެސް ބޭއްވުމަށެވެ.

މި ކޮންގްރެސްގައި ސަމާލުކަން ދޭނެކަމަށް ބެލެވެނީ، 2028 ގެ ރިޔާސީ އިންތިހާބުގައި ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާނެ ރިޔާސީ ޕްރައިމެރީއަށެވެ. އަދި އާދަޔާ ހިލާފު ކޮންގްރެސްއެއްގެ ވާހަކަ ދެކެވެން ފެށީ ވެސް ރިޔާސީ ޓިކެޓުގެ ވާދަވެރިކަމުގެ އަޑު ގަދަވެފައި ވަނިކޮށެވެ.

މިރޭގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފައި ނުވެ އެވެ.

އެހެން ނަމަވެސް ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ހުރިިކަމަށް ވާހަކަ ދެކެވޭ، ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގައުމީ މަޖިލީހުގައި ހުންނެވި އެވެ.

މިރޭގެ ބައްދަލުވުމުގެ މާ ބޮޑު ތަފްސީލެއް އަދި މިހާތަނަށް ނުލިބެ އެވެ. އަދި އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ރައީސް މުހައްމަދު ނަޝީދު ފާޅުކުރެއްވި ހިޔާލަށް ވަކި ގޮތެއް ނިންމެވިކަމެއް ސާފެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: