ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުރުކީގައި ޤާއިމްކުރި ރާއްޖޭގެ އެމްބަސީ ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފި

ތުރުކީގައި ރާއްޖޭގެ އެމްބަސީ ޤާއިމުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ތުރުކީގައި އަލަށް ޤާއިމުކުރެވުނު ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.

އެމްބަސީ އިފްތިތާޙްކޮށްދެއްވީ ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް އާއި ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޮއި އަދި ދިވެހިރާއްޖެއިން ތުރުކީ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެމްބަސީ ޤާއިމުކުރެވުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ތާރީޚީ ކާމިޔާބީއެކެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޛުކުރުމަށާއި، ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލަރ ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، ”މި އެމްބަސީ ޤާއިމުކުރެވުމަކީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވަމުންދާކަމުގެ ހެއްކެއް“ ކަމަށެވެ. އަދި ދެ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމާއި، ދިވެހި ސަޤާފަތް ކުރިއެރުވުމަށް އަދި ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައި އެކުވެރިކަން އާލާކުރުމުގައި އެމްބަސީގެ ދައުރު ނުހަނު މުހިންމުވާނެ ކަމަށް ވިދާޅުވިއެވެ.

ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހެމަތު ނޫރީ އެރްސޮއި ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި ފަތުރުވެރިކަމާއި، ސަގާފަތާއި، އިގްތިސާދު އަދި ތައުލީމީ ދާއިރާއިން ގުޅުންތައް އިތުރަށް ތަރައްޤީވެފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ މެމްބަރުންނާއި، ތުރުކީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސް ބޭފުޅުންނާއި، އިސް ވިޔަފާރިވެރިންނާއި މީޑިއާގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، ޑޮކްޓަރ ހާލާ ޙަމީދު އާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ހަސަން ހުސެއިން ޝިހާބު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: