ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވަމުންދާ މައްސަލަ މަޖިލީހަށް ހުށައަޅައިފި

ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވަމުންދާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މިއަދު މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މައްސަލަ ހުށަހަޅުއްވަމުން މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުން، އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެއްވެސް ތަފާތުކުރުމެއް ގެންގުޅުން މަނާކުރެވިފައިވާ ކަމަށެވެ. އަދި އިޖްތިމާއީ ގޮތުން ހާއްސަ ރައްކައުތެރިކަމެއް ލިބިދޭންޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ތަފާތުކުރުމެއް ނޫންކަމަށްވެސް އެ މާއްދާގައި ބަޔާންކޮށްފައިވާކަމަށް ފާހަގަކުރެއްވިއެވެ.

މެންބަރު ފާހަގަކުރެއްވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކައުތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން އެފަދަ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ލިބޭނެ ނިޒާމެއް ރާއްޖޭގައި އެކުލަވާލާފައިވީ ނަމަވެސް، އެންސްޕާ އަދި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން އިހުމާލުވެފައިވާކަން ފާހަގަކުރެއްވިއެވެ.

2019 ވަނަ އަހަރު ތެރަޕިއުޓިކް ހިދުމަތް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ގޮތް ތަޢާރަފްކުރެވުނު ނަމަވެސް، ވޭތުވެދިޔަ އަހަރު ތެރޭގައި މި ތެރަޕީއަށް ބޭނުންވާ ފީ ސަރުކާރުން އަދާކޮށްފައިނުވާކަމަށް މެންބަރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން އާއިލާތަކަށް އަމިއްލައަށް އެ ފައިސާ ދައްކަން ޖެހި، ތެރަޕީ ސެންޓަރުތަކުގެ ކިއު ދިގުވެ، އަގު ބޮޑުވެ، އަދި ތެރަޕިސްޓުން މަދުވުމުގެ ސަބަބުން ގިނަ ފަރާތްތަކެއް ބޭނުންވާ ފަރުވާއިން މަހުރޫމްވަމުންދާކަމަށް ވިދާޅުވިއެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ނެގުނު ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ ތެރެއިން 12 މެންބަރުން ވޯޓުދެއްވީ ފެންނަކަމަށެވެ. 44 މެންބަރުން ވޯޓުދެއްވީ ނުފެންނަކަމަށެވެ. އެހެންކަމުން މި މައްސަލައަށް މަޖިލީހުގައި ބަހުސްކުރުމަށް ފާހެއް ނުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: