ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ ސަރުކާރުން ފަލަސްތީނުގެ ހައްގުގައި ކުރެވެން އޮތްކަމެއް ކުރާނެ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގެ ހައްގުގައި ކުރެވެން އޮތް ކޮންމެ ކަމެއްވެސް ޕީއެންސީގެ ސަރުކާރުން ކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުގެ މައްސަލައާއިމެދު ވާހަކަދައްކަވަމުން މެމްބަރު ޝުޖާއު ވިދާޅުވީ، މަޖިލީހަށް ބިލު ހުށައެޅުއްވި މެމްބަރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހުގައި ހަގީގަތާއި ހިލާފު ވާހަކަތަކެއް ދެއްކެވުމަށްފަހު މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިގެންނެވި ވާހަކަ ހިއްސާކުރުމުން އެނބުރި ފްލޯއަށް ވަޑައިގެން އަނެއްކާވެސް ތަޅުން ދޫކޮށް ވަޑައިގެންފައިވާކަމަށެވެ. އެހެންކަމުން ބިލު ހުށައެޅުއްވުމުގެ ފަހަތުގައި އިހުލާސްތެރި ނިޔަތެއް ނެތްކަން ފެނިގެންދާކަމަށެވެ.

މެމްބަރު ވިދާޅުވީ، އިސްލާހުގައި ހެޔޮ ނިޔަތެއް ނެތީ ހަމައެކަނި އެމްޑީޕީގައި ނޫންކަމަށާއި ރާއްޖޭގައި މީގެ ކުރިން ވެރިކަން ކުރައްވާފައިވާ ބައެއް ފަރާތްތަކުންވެސް މިކަމަކީ ކުރަން ނުކެރޭނެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައިވާކަމަށް ފާހަަގަކުރެއްވިއެވެ. ޝުޖާއު ވިދާޅުވީ، މިފަދަ މޭރުމަކުން ވާހަކަދައްކަވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހިމެނިވަޑައިގަންނަވާކަމަށާއި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހިންގާ ނޫސްތަކުންވެސް މިކަމަކީ ކުރަން ނުކުރޭނެ ކަމެއްގެ ގޮތުައި ސިފަކޮށްފައިވާއިރު އެއީ ތެދު ވާހަކަތަކެއް ނޫންކަން ސާބިތުކޮށްދީފައިވާކަމަށް ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ރާއްޖޭގެ ވަލިއްޔުލް އަމްރު ރައީސް ޑރ މުހައްމަދު މުއިއްޒުއަކީ ފަލަސްތީނުގެ ހައްގުގައި އެންމެ ގަދަޔަށް މަސައްކަތްކުރައްވާފައިވާ ލީޑަރުކަމަށެވެ. ޝުޖާއު ވިދާޅުވީ، އެމްޑީޕީން އިސްލާހުތަކެއް ގެނައުމަށް ހުށައެޅީ ނުބައި ވިސްނުމެއްގެ މަތިންކަމަށާއި ޕީއެންސީން ބިލު ފާސްކުރަން އުޅޭތީ އެކަމާއި ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ހިމެނޭގޮތަށް ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާކަމަށެވެ. ޝުޖާއު ވިދާޅުވީ، މަޖިލީހުގެ ތަޅުން ދޫކޮށް މެމްބަރު މީކާއިލްވެސް ވަޑައިގެންނެވީ އެ ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށްކަމަށެވެ.

ޝުޖާއު ވިދާޅުވީ، އެ ބައްދަލުވުމުގައި ދެކެވެމުންދަނީ ބައިކޮޅަށް ގޯލެއް ޖެހިފައިވާ ވާހަކަ ކަމަށާއި މަސައްކަތްތައް ކުރަމުންދަނީ މިކަމުން ރެކުމަށްކަމަށްވެސް ވިދާޅުވިއެވެ. އަދި ބިލު ހުށައެޅުއްވި މެމްބަރަށް ލާއިންސާނީ އަމަލުތައް ހިންގާކަން ކަނޑައެޅުމުގެ މަސައްކަތްތައް ކުރަނީ ދުނިޔޭގެ ކޮން މުއައްސަސާއަކުންވެސް ސާފުނުވާކަމަށާއި އެކަން ކުރަނީ އައިސީޖޭއިން ކަމަށެވެ. އަދިި އައިސީޖޭއަށް އިސްރާއީލާއި ދެކޮޅަށް މައްސަލައެއް ހުށައެޅިއިރު ކޯސްޕޮންސަރަކީ ދިވެހިރާއްޖެކަމަށް އިޝާރާތްކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، އެކަމަށް ބާރުއެޅުއްވީ ރައީސް ޑރ މުއިއްޒުކަމަށާއި ޕީއެންސީގެ ސަރުކާރަކީ ފަަލަސްތީނުގެ ހައްގުގައި ކުރެވެން އޮތް ޖިހާދެއް ކުރާނެ ބައެއްކަމަށްވެސް ވިދާޅުވިއެވެ. އަދި މި މައްސަލައިގެ ތެރެއިން އެމްޑީޕީއަށް ފާޑުކިޔުންތައް އަމާޒުކުރެވެނީ ސަބަބުތަކެއް ހުރެގެންކަމަށާއި މާޒީއަށް ބަލާއިރު އިސްރާއީލާ ގުޅުން ބަދަހިކުރުމުގެ މަސައްކަތްތައް އެމްޑީޕީގެ ސަރުކާރުން ކޮށްފައިވާކަން ފެނިގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: