ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް މުހައްމަދު އަނަސް އައްޔަނުކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
ޕީސީބީއަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިދާރާއެކެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަޤާމުގައި ކުރިން ހުންނެވި ހަމްދީ އަގީލްއެވެ. ނަމަވެސް ރައީސް ޑރ މުޙައްމަދު މުއިއްޒު އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ހަމްދީ މަޤާމުން ވަކި ކުރައްވާފައިވާއިރު، އޭނާ މަޤާމުން ވަކި ކުރެއްވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ގއ ދެއްވަދޫ ދޭލިޔާ މުހައްމަދު އަނަސް އައްޔަނުކުރައްވާފައެވެ. މަޖިލީހުންވަނީ މި ހުށައެޅުން ފާސްކޮށްފައެވެ. މަޖިލީހުގައި އަނަސް ރައީސްކަމަށް ފާސްކުރެއްވުމަށް ނެގި ވޯޓުގައި ބައިވެރިވެފައިވަނީ 82 މެމްބަރުންނެވެ. އޭނާ މަގާމަށް އައްޔަނުކުރުމަށް ފާސްކޮށްފައިވަނީ މެމްބަރުންގެ އިއްތިފާގުންނެވެ.

