ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ޓެކްސީ ލައިން؛ ޓެކްސީގެ ހިދުމަތައް ހައްލެއް ލިބޭނެބާ؟

މާލޭގެ ޓްރެފިކް: ފޮޓޯ/ ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުގައި ޓެކްސީގެ ހިދުމަތާ ގުޅޭ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކަކީ ހައްލު ކުރަންޖެހިފައިވާ ބޮޑު މައްސަލައެކެވެ. މާލޭގެ މަގުމަތިން ޓެކްސީއެއް ލިބުމަށް ގިނަ ވަގުތު ހޭދަކުރަންޖެހުމަކީ އާދައިގެ މަތީން ކޮންމެ ރައްޔިތެއްގެ ޝަކުވާއެވެ. ހާއްސަކޮށް ވިއްސާރަ ދުވަސްތަކު އެވެ. ޑްރައިވަރުން ނަގަނީ، އެ މީހުން ބޭނުންވާ ދަތުރެކެވެ. ހުޅުމާލެއަށް ދާނަމަ ވަރަށް ފަސޭހައިން ދަތުރުތައް ނަގައެވެ. ކުރީގެ ސަރުކާރުތަކުން މި މައްސަލަ ޙައްލުކުރުމަށް މަސައްކަތްތަކެއްކޮށްގެން ވެސް، ޓެކްސީގެ ޚިދުމަތާ ގުޅުންހުރި މި މައްސަލަ އޮތީ އެއްވެސް މިންވަރަކަށް ހައްލު ނުގެނެވިއެވެ.

މި ދުމަތާ ގުޅޭ މައްސަލަތަކުގެ ތެރޭގައި ޓެކްސީ ލިބުމުގެ ދަތިކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ނުލިބުމުގެ އިތުރުން ބައެއް ޓެކްސީ ޑްރައިވަރުންގެ ބައެއް އަަހުލާގީ މައްސަލަތައް ހިމެނެއެވެ.

މި މައްސަލަތައް ހައްލު ކުރުމާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގެއްގައ ”ސަންގުޓީވީން“ ސުވާލު ކުރުމުން، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައި ވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބެލުމުގެ ދަށުން ސަރުކާރުގެ ޓެކްސީ ހިދުމަތް މި އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޓެކްސީ ލައިނުގައި ހިމެނޭނީ އަމީން ވިދާޅުވި ގޮތުގައި 100 ވެހިކަލްއެެވެ.

ސަރުކާރުން މިފަދަ ހައްލެއް ގެނައުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެކަމީ ރައްޔިތުންގެ އޮތް އުންމީދެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އަތްފޯރާފަށުގެ އަގެއްގައި އެއްތަނުން އަނެއްތަނަށް ޓެކްސީގައި ދަތުރުކުރުމުގެ ފަސޭހަކަން ލިބި، ޓެކްސީ ލިބުމުގައި ހުރި ދަތިތައް ކުޑަވެ، ފެންވަރު ރަނގަޅު އަވަސް ހިދުމަތެއް ލިބިގެން ދާނެއެވެ.

ނަމަވެސް، މި ކަމުގެ ސަބަބުން ގިނަ ޓެކްސީ ދުއްވާ ފަރާތްތަކުގެ ކަންބޮޑުވުން ފާޅުކޮށް، މިނިސްޓްރީއަށް ޝަކުވާ ހުށަހެޅި އެވެ. އެއީ، ގިނަ ޓެކްސީ ދުއްވާ ފަރާތްތަކަކީ ދިރިއުޅުމަށްޓަކައި އެ މަސައްކަތްކުރާ މީހުންނަށް ވުމުން، ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފު ކުރުން އެއީ، އަމިއްލަ ޓެކްސީ އަދި ޓެކްސީ ސެންޓަރުތަކުގެ ދަށުން ދުއްވާ ފަރާތްތަކުގެ ވަޒީފާއަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމެއްގެ ގޮތުގައި ދެކޭތީ އެވެ.

މީގެ އިތުރުން، ސަރުކާރުގެ ޓެކްސީ ހިދުމަތުގެ ސަބަބުން މާލެ ސަރަޙައްދަށް ދިމާވެފައިވާ އުޅަނދުތައް ތޮއްޖެހުން ނުވަތަ ގިނަވުމުގެ މައްސަލަ އިތުރަށް ބޮޑުވެގެން ދިއުމަށް ޖާގަ އެބައޮތެވެ.

މިކަމާއި ގުޅޭގޮތުން އަމީން  ވިދާޅުވެފައި ވަނީ، ޓްރާންސްޕޯޓު މިނިސްޓްރީން ޓެކްސީ ކުރާ މީހުން އެކަން ކުރާ ސަބަބު ހޯދުމަށްޓަކައި ދިރާސާއެއް ކުރިކަމަށެވެ. ދިރާސާއަކުން ދައްކާ ގޮތުގައި، ޓެކްސީ ދުއްވާ ގިނަ ފަރާތްތަކަކީ އާންމު ވަޒީފާއެއް އަދާކުރަމުން، އެ ވަޒީފާއިން ލިބޭ އާމްދަނީ ދެކޮޅުނުޖެހުމުގެ ސަބަބުން ޕާޓް ޓައިމް ވަޒީފާއެއްގެ ގޮތުގައި ކުރާ ކަމެއް ކަމަށެވެ. އަދި އެ ދުއްވާ ވަގުތުތަކަކީ އެ މީހަކަށް ލިބޭ ހުސްވަގުތުގައި ކުރާ ކަމެއް ކަމަށެވެ.

ޓެކްސީ ލައިނަކަށް އަޅުގަނޑުމެއް ފުރަތަމައިނުން، މި ހުރިހާ ވޭރިއޭޝަންތަކަށް ވިސްނައިފަ އަޅުގަނޑުމެން ޓެކްސީ ލައިނެކޭ ކީ ކަމުގައިވިޔަސް، މި ގެންނަނީ 1000ން ވެހިކަލް އިތުރުކުރަނީކީނޫން، މިހާރުވެސް މާލެ ސަރަހައްދުގަ، މީ ނަމްބާޒުން ދަންނަވާކަމުގައިވާނަމަ 1590 ޓެކްސީ އެބައޮތް ރަޖިސްޓްރީ ކުރެވިފަ، 1590 ޓެކްސީގެ 20% ނުވަތަ 25%ވެސް ހިދުމަތަށް ނިކުމެ، ކޮންޓިނުއަސްލީ އުޅޭކަމުގައިވާނަމަ، ޓެކްސީ ނުލިބިގެން އުޅޭކަމަށް ނުޖެހޭނ،ެ އެކަމަކު މީގެ ރިއާލިޓީއަކީ ޓެކްސީއެއް ބޭނުންވާއިރު ޓެކްސީއެއް ނުލިބިގެން ވަރަށް ދަތިކޮށް ގިނަ މީހުން މި އުޅެނީ، އެހެންވީމާ ސަތޭކަ ޓެކްސީ ގެނެސްގެން ކުރެވޭނެ މައިގަނޑު ބޭނުމަކީ ޓެކްސީގެ ހިދުމަތުގެ ސްޓޭންޑަރޑް އަޕްލިފްޓުކުރުން،

މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ، ސަރުކާރުން ގެންނަ ޓެކްސީ ލައިނުގެ ސަބަބުން މާލެ ސަރަޙައްދަށް ދިމާވެފައިވާ އުޅަނދުފަހަރުގެ އަދަދު ގިނަވުމުގެ މައްސަލަ އިތުރަށް ގޯސްނުވާނެ ކަމަށާއި، ގޯސްވުމުގެ ބަދަލުގައި މިހާރު ދަތުރުފަތުރުކުރުމުގެ ނިޒާމަށް ދިމާވެފައިވާ ޚިދުމަތުގެ މަދުކަމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

ސަރުކާރުން ޓެކްސީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އަޅާ މި ފިޔަވަޅަކީ ދެކޮޅަށް ވެސް ފައިދާއާއި ގެއްލުން ލިބިދާނެ ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ. މި ކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: