ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ރަންގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މެއި 31 ހަމައަށް!

އެލީޓް ރަނާރސްއިން ބާއްވާ "ހުޅުމާލެ ރަން" ގެ ހަރަކާތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

އެލީޓް ރަނާރސްސިން ބާއްވާ ”ހުޅުމާލެ ރަން“ ގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މެއި 31 އަކާއި ހަމައަށް ކުރިއަށް ދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

”ހުޅުމާލެ ރަން“ އަކީ ގިނަ ބަޔެއްގެ ތަރުހީބު ލިބިފައިވާ ދުވުމެކެވެ. މި ދުވުމައި މިދިޔަ އަހަރުވެސް ގިނަ ބަޔަކުވަނީ ބައިވެރިވެފައެވެ. 4 ޖުލައި 2025ވާ ހުކުރުދުވަހުގެ ހެނދުނު ބެއްވުމަށް ހަމަޖެހިފައިވާ މި ރަން ހެނދުނު 6:00ގައި ފަށާނީ 10 ކިލޯމީޓަރާއި 5 ކިލޯމީޓަރުގެ ރޭހުންނެވެ. އެއް މޭލުގެ ރޭސް ފަށާނީ 7:00ގަ އެވެ. ހުރިހާ ރޭހެއްގެ ފެށުމާއި ނިންމުން އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ. އެޗުޑީސީއާ ގުޅިގެން ބާއްވާ މި ރޭހުގައި ހިމެނޭ ކޮންމެ ބަޔަކުން ވެސް ދެ ޖިންސްގެ ދުވުންތެރިންގެ ތެރެއިން ވަނަ ހޮވައި އިނާމު ދެއެވެ.

މި ދުވުމުގެ މެއިން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ންނެވެ. މިދުވުމުގެ ސްޕޮންސަރުންނަކީ ކްލިކް ކޮމްޕައުޓަރސް އަދި ބެވަރެޖް ޕާޓްނަރ އަކީ ބޮނަކުއާއެވެ. މިދުމުގެ ތެރެއިން ކްލިކް ކޮމްޕިއުޓާރސްގެ ހާއްސަ ލަކީ ޑްރޯއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މިޙާރުގެ ރެޖިސްޓްރޭޝަން ރޭޓަކީ:

  • 1 މައިލް: 150 ރުފިޔާ
  • 5 ކިލޯމީޓަރ: 310 ރުފިޔާ
  • 10 ކިލޯމީޓަރ: 320 ރުފިޔާ

ރޭހުގެ ކެޓަގަރީ ތަކަށް ބަލާއިރު، 10 ކިލޯ މީޓަރުގެ ރަން އަކާއި، 5 ކިލޯ މީޓަރުގެ ފަން ރަންއަކާއި އަދި ކިޑްސް 1 މައިލް ރަން ހިމެނެއެވެ. 10 ކިލޯ މީޓަރުގެ ރަންގައި 41 އަހަރުން މަތީގެ އެތުލީޓުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި 5 ކިލޯ މީޓަރުގެ ފަން ރަންގައި 13-17 އަހަރަށް ބައިވެރިވެވެއެވެ. އަދި މި ދުވުމުން މޮޅުވާ ފަރާތްތަކަށް ކޮންމެ ކެޓަގަރީއަކުން ފައިސާގެ އިނާމް ވަނީ ހަމަޖައްސައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: