ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

60 އަހަރުގެ މީހުންނަށް އިމްތިހާނަކާ ނުލައި ލައިސަންސް ދެނީ ފަސޭހަކޮށްދޭން: ޓްރާންސްޕޯޓް

ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށު ޕިކަޕާއި ސައިކަލް ދުއްވުމަށް، އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސެންސެއް ދޭގޮތަށް ގަވާއިދު އިސްލާހު ކުރީ އެމީހުންނަށް ފަސޭހަކޮށްދިނުމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ލައިސަންން ދޫކުރުމައި ގުޅިގެން ގެޒެޓުކޮށްފައިވާ އިސްލާހާއި ގުޅިގެން މީސް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ނޫން މައުލޫމާތުތަކެއް ކަމަށެވެ. އެގޮތުން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އިސްލާހުގެ ދަށުން އުމުރުން 60 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ބައެއް އުޅަނދު ދުއްވޭ ގޮތަށް ދޫކުރުމަށް ނިންމާފައިވާ ހުއްދައާއި ގުޅިގެން މިހާރު ދޫކޮށްފައިވާ އެއްވެސް ލައިސަންސެއް ބާތިލް ނުވާނެ ކަމަށެވެ.

އެއްވެސް މީހަކަށް ދޫކޮށްފައިވާ ލައިސަންސް ބޭނުންކުރުމަށާއި އަދި އާންމު އުސޫލުގެ ތެރެއިން ދޫކުރާ ލައިސަންސް ނެގުމަށާއި އެ ލައިސަންސް ބޭނުންކޮށްގެން ދުއްވޭ ހުރިހާ ސަރަހައްދެއްގައި ދުއްވުމަށް 60 އަހަރު ފުރިފައިވާ ފަރާތްތަކަށްވެސް ހުރަހެއް ނެތް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނެފައިވަނީ މި ހުއްދަ ތައާރަފް ކުރުމުގެ މައިގަނޑު މަގްސަދަކީ އާންމު އުސޫލުން އެއްގަމުގެ އުޅަނދު ދުއްވުމުގެ ލައިސަންސް ގަވައިދުގައި ބަޔާޏްކުރާ އިމްތިހާނުތައް ފުރިހަމަ ކުރުމަކާއިނުލައި، އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންވާ އުމުރުން 60 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް އަތޮޅުތެރޭގެ ރަށްރަށުގައި މި ހުއްދައި ދަށުން ވަކި ބާވަތެއްގެ އުޅަނދުތައް ދުއްވުމަށް ގަވާއިދުގެ ތެރެއިން ފަސޭހަކޮށްދީ މަގުފަހިކޮށްދިނުން ކަމުގައެވެ.

އެހެންކަމުން އެސްރަށްވެހިންނަށް ގަވާއިދުގެ ތެރެއިން ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގގައި ހަރަކާތްތެރި ވެވޭނެ ގޮތަށް މިނިސްޓްރީން ގެނެސްފައިވާ ފަސޭހަ އަދި ހެޔޮ ބަދަލުގެ މަގްސަދު ގެއްލި މައުލާތު އޮޅޭނެ ފަދައިން އެއްވެސް ފަރާތަކުން ޕޯސްޓު ނުވަތަ އާޓިކަލްތައް ދައުރު ނުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އިލްތިމާޒް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: