މިއަދު ހަވީރު ހުޅުލެ-ހުޅުމާލެ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 6 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ހަވީރު 5:53 ހާއިރު ހުޅުލޭ ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުމެ ހައިވޭއަށް ނިކުންނަ ދިމާލުންނެވ
ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓު ހިނގާފައިވަނީ ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުމެ ހައިވޭއިން ދިޔަ ވޭނަކާއި ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ސައިކަލުގައި އިން 6 އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާވެ، ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދެއެވެ.
އެކްސިޑެންޓުގައި ސައިކަލު ދުއްވަން ހުރި މީހާއަށްވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އޭނާއަށް މިވަގުތު ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި އެކްސިޑެންޓާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވިނަމަވެސް، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

