ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުރު މިސްކިތުގެ މަސައްކަތް ހުއްޓިފައި ވަނީ މިދިޔަ ސަރުކާރުގައި، މަސައްކަތުގައި އިހުމާލުތައް އެބަހުރި: މިނިސްޓަރ

މިނިސްޓަރު އާދަމް ނަސީރު މަޖިލީހަށް ހާޒިރުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުކުރު މިސްކިތުގެ މަސައްކަތް ހުއްޓިފައިވަނީ މިދިޔަ ސަރުކާރުގައިކަމަށާއި، މަސައްކަތުގައި އިހުމާލުތައް އެބަހުރިކަމަށް މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރާއި ސުވާލުކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމްއެވެ.

ސުވާލުގައި ވަނީ މާލެ ހުކުރު މިސްކިތް އާބާތުރަ ފިލުވައި ގިނަ ދުވަހަށް ރައްކާތެރިކުރުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް މި ސަރުކާރުން އައުމާއިއެކު ހުއްޓިފައިވުމާއި، މިސްކިތުގެ އަސްލަށް ބަދަލު އަންނަ ގޮތަށް އެތެރޭގައި ތަނބުތަކެއް ޖަހާފައިވުމާއި، މިސްކިތް މިހާރު ހުރީ ނުރައްކާތެރި ހާލަތެއްގައިކަމަށްވާއިރު، މި ދެންނެވި ކަންކަމަށް ހައްލެއް ލިބޭގޮތަށް މިސްކިތުގެ މަސައްކަތް އަލުން ފަށައި ނިންމޭނީ ކޮން އިރަކުންތޯއެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ސުވާލުގައި މައުލޫމާތުގެ މައްސަލައެއް އުޅޭކަމަށެވެ. މާލޭ ހުކުރު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ހުއްޓާލީ މި ސަރުކާރުން ނޫންކަމަށާއި، އެ މަސައްކަތް ހުއްޓާލާފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޕީއެންސީއިން ވެރިކަމަށް އައި އިރު އެ މަސައްކަތް ކުރިއަށް ނުދާތާ 6 މަސް ދުވަސްވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތަނުގެ އަސްލު ގެއްލޭ ގޮތަށް ތަނބުތަކެއް ޖަހާފައި އެބަހުރިކަމަށް މެންބަރު ފާހަގަކުރެއްވިއިރު، މި ސަރުކާރުން ޖެހި އެއްވެސް ތަބެއް ނުހުންނާނެކަމަށާއި، މި ސަރުކާރުން ވެރިކަމަށް އައިރުވެސް އެ ތަނބުތައް ހުރީ ޖަހާފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބެރިތައް ހުރީ ހަލާކުވެފައިކަމަށާއި، ބޭނުންކޮށްފައިވާ މެޓީރިއަލްގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ވެފައި އެބަހުރިކަމަށްވެސް ވިދާޅުވިއެވެ. ކެމިކަލްގެ ސަބަބުން ބައެއް މަތި ވަޑާން ގަނޑުގެ ލިޔުންތައް ފޮހެވިގެން ގޮސްފައިވާކަންވެސް މިނިސްޓަރު ފާޙަގަކުރެއްވިއެވެ. މި މަންޒަރުތައް ފެންނަން ހުރި ފޮޓޯތައް މިނިސްޓަރު ހިއްސާކުރެއްވިއެވެ.

މި ގެއްލުންތައް ވެފައިވަނީ އިހުމާލުގެ ސަބަބުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: