ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3000 އަށްވުރެ ގިނަ މީހުންނަށް ގައުމިއްޔަތުގެ އަސްލުތައް އުނގަންނައިދީފިން: މިނިސްޓަރ

ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް 3000 އަށްވުރެ ގިނަ މީހުންނަށް ގައުމިއްޔަތުގެ އަސްލުތައް އުނގަންނައިދީފައިވާކަމަށް މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އާދަމް ނަސީރު ވިދާޅުވީ ގައުމު ބިނާ ކުރުމަކީ ދިވެހިންގެ ވިސްނުން ދިވެހިންގެ އަސްލުތަކާ އެއްގޮތަށް ދިވެހިންގެ ސަލާމަތަށްޓަކައި ބަދަލު ކުރުންކަމަށެވެ. މިއީ ދިވެހީން، ދިވެހީންގެ ގޮތުގައި ދެމި ތިބުމަށާއި، ދިވެހިންގެ ދައުލަތް ދަމަހައްޓަން މުހިންމުކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގައުމު ބިނާ ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އާދަމް ނަސީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އުފެއްދެވި އިސްވަރުގެ މަސައްކަތްތަކާއި ސެމިނާރުތަކުން އިތުރު ހޭލުންތެރިކަން ގެނެސްދީފައިވާކަމަށެވެ.

އެކަމަށްޓަކައި އަޅުގަނޑުމެން މި ދަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން، މިހާތަނަށް 3000 އަށްވުރެ ގިނަ ފަރާތްތަކަށް އަޅުގަނޑުމެން ވާނީ ދިވެހި ގައުމިއްޔަތުގެ އިލްމީ އަސްލުވަންތަކަމާ ބެހޭ އިލްމީ ހުށަހެޅުންތައް ފޯރުކޮށްދީފައި.

މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިންގެ ސިކުނޑި ބިނާ ކުރުމުގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހަންމިއްޔަތުކަން ފާހަގަ ކުރައްވައި އާދަމް ނަސީރު ވިދާޅުވީ ރައީސްގެ ފުރަތަމަ ތަގުރީރުގައި ވެސް ވަރަށް ބޮޑަށް އެކަމަށް އަލިއަޅުއްވައިލެއްވިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ނޭޝަނަލް އައިޑެންޓިޓީގެ ކޮންސެޕްޓްތަކާއި، ދިވެހިވަންތަކަމާ ގުޅޭ ގޮތް ތަޢާރަފުކޮށް އެރުވުމުގެ ބައްދަލުވުންތައް ރަމަޟާން މަހަށް މެދުކަނޑާލުމަށް ފަހު 2025 އޭޕްރީލް  7ވަނަ ދުވަހު އަނެއްކާވެސް ވަނީ ފަށާފައެވެ.

83 ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާއިރު މި މަޝްރޫޢުގެ ދަށުން 2000 އަށްވުރެ ގިނަ ފަރާތްތަކަށް ވަނީ ޤައުމިއްޔަތާ ގުޅުން ހުރި މަޢުލޫމާތުތައް ފޯރުކޮށްދީފައިކަމަށް މިނިސްޓްރީއިން މައުލޫމާތުދެއެވެ. މިގޮތުން އެކިއެކި ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކާއި ކައުންސިލް އިދާރާތަކުގެ މުވައްޒަފުންގެ އިތުރުން ސުކޫލުތަކުގެ ދަރިވަރުންނަށާއި އިދާރީ އިސް ބޭފުޅުންނަށްވެސް ވަނީ ޤައުމިއްޔަތުގެ މަޙުފޫމުތައް ތަޢާރަފުކޮށް އެރުވިފައިކަމަށް ބުންޏެވެ.

މީގެ އިތުރުން ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢުގެ ތަޢާރަފު ބައްދަލުވުން ފުރަތަމަ ފަހަރަށް އަތޮޅުތަކަށް ފެށުމުގެ ރަސްމީ ޖަލްސާ 2025 ފެބުރުވަރީ 27 ވަނަ ދުވަހު ހއ އުތީމުގައި ވަނީ ބާއްވާފައެވެ.

މި ބައްދަލުވުން މަދުވެގެން ކޮންމެ ހަފުތާއަކުވެސް 3 ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: