ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން މަޖިލީހުގައި މިހާރަށްވުރެ ޒިންމާދާރު މަސައްކަތްތަކެއް ކުރަންޖެހޭ: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު މައިޕާޓީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި މިހާރަށްވުރެ ޒިންމާދާރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު، އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ކޮންމެ ދުވަހަކުވެސް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ކޮމިޓީ ކުރާ އެކިއެކި މަސައްކަތްތަކަކީ އޭގެ ޒާތުގައި ވަގުތު ހޭދަވާ ކަންކަން ކަމަށާއި، އަދި ބައެއް ކަންކަމަކީ މާ ގިނަ ވަގުތެއް ބޭނުން ނުވާ މަސައްކަތްތަކެއްކަން ފަލާހު ފާހަގަ ކުރެއްވިއެވެ.

މިސާލެއްގެ ގޮތުން ފަލާހު ވިދާޅުވީ،  ކޮމިޓީތަކުން ކުރާ ދިރާސާތަކަށް ވަގުތު ހޭދަވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް ޖުމުލަ ގޮތެއްގައި 20 ވަނަ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދަނީ ނުހަނު ރަނގަޅަށްކަމަށް ފަލާހު ވިދާޅުވިއެވެ.

އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންނަށް މި 20 ވަނަ މަޖިލިސް ހިންގެނީ ވަރަށް ރަނގަޅަށް

ފަލާހު ވިދާޅުވީ، މަޖިލިސް ކުރިއަށްދާއިރު އެކިއެކި ކޮމިޓީ ރިޕޯޓުތައް ހުށަހެޅޭ ކަމަށާއި، މަޖިލިސް ޖަލްސާއެއް ނެތް ނަމަވެސް މަސައްކަތްތައް ނުހުއްޓޭ ކަމަށެވެ. އެގޮތުން ތަޅުމުގައި ބިލުތަކަށް ބަހުސް ކުރެވުނު ނަމަވެސް، ބިލުތަކާ ގުޅޭ ހަގީގީ މަސައްކަތްތައްވެސް ކުރިއަށްދަނީ ކޮމިޓީތަކުގައިކަން ފަލާހު ފާހަގަ ކުރެއްވިއެވެ.

ފަލާހު ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އެމްޑީޕީން މި ސަރުކާރުގެ ވަޒީރުންނާ ސުވާލުކުރާއިރު، މެންޑޭޓުގައިވެސް ނުހިމެނޭ ކަންކަމާ ގުޅޭގޮތުން ސުވާލު ކޮށްފައިވާކަން ފާހަގަ ކުރައްވައި އެކަމަށްވެސް ފާޑުވިދާޅުވެފައެވެ.

ފަލާހު ވިދާޅުވީ، އެމްޑީޕީގެ ލީޑަރޝިޕުން މެމްބަރުން މެދުވެރިކޮށް ޤަރާރާއި ކުއްލި މައްސަލަ ހުށަހަޅުއްވައި، ވަޒީރުންނާ ސުވާލު ކުރުވާއިރު، މިހާރަށްވުރެ ބޮޑަށް ކަންކަމުގެ ހަގީގަތްވެސް ބަލަންޖެހޭ ކަމަށެވެ. އެމްޑީޕީން މިހާރަށްވުރެ ޒިންމާދާރު މަސައްކަތްތަކެއް މަޖިލީހުގައި ކުރަންޖެހޭކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: