ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ބިދޭސީއަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

ފުލުހުންގެ އިދާރާ.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ބިދޭސީއަކަށް ޙަމަލާދީ ޒަޚަމްކޮށްލި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މާލޭ ކުރިކީލަ މަގުގައި ބިދޭސީއަކަށް ރޭ ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ހާދިސާ ފުލުހަށް ރިޕޯޓްކުރީ ރޭ ދަންވަރު 12 ޖަހަން އުޅެނިކޮށެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހަމަލާގައި އަނިޔާވެފައިވަނީ ނޭޕާލް ފިރިހެނަކަށެވެ. ޙަމަލާއާ ގުޅިގެން އޭނާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގައިކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، އޭނާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި ޙަމަލާ ދީފައިވަނީ ބިދޭސީއެއްކަން ނުވަތަ ދިވެއްސެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ޙަމަލާއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާކަން ނުވަތަ ނޫންކަންވެސް ފުލުހުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: