ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައްކާގެ މަރުގެ މައްސަލަ: ދެން އޮތީ ޙުކުމް ކުރުން!

ސްރިލަންކާ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއަރޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. އެއްލައިދޫ ރިސޯޓްގައި ލަންކާ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެ ރިސޯޓުގެ ކައްކާ މަރާލި މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި ޙާދިސާގައި މަރުވެފައި ވަނީ ސްރީލަންކާއަށް ނިސްބަތްވާ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑިއެވެ.

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ސްރިލަންކާ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއަރޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ.

ބުދަ ދުވަހުގެ މި އަޑުއެހުމުގައި އޮތީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން އިއްވުމެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނަނީ، ހާދިސާ ހިނގ ރޭ 21:30 ހާއިރު، ޕަތުމް ދިލްޝަންގެ ކައިރީގައި ބިސްގަނޑެއް އަޅައިދޭން އެދުމުން ދެ މީހުންގެ ދެމެދުގައި ޒުވާބެއް އުފެދުނު ކަމަށެވެ.

އެ ޒުވާބުގެ ތެރެއިން، ހައެއްކަ އިންޗީގެ ވަޅިއެއް ބޭނުންކޮށްގެން ކައްކާގެ ކަރުން ތިރިއަށް މޭމައްޗަށް ހަރައިލި ކަމަށް ދައުވާގައި ބުނެ އެވެ.

މި މައްސަލައިގައި ދައުލަތުގެ ހެކިންގެ ގޮތުގައި ލަންކާގެ ގިނަ ރައްޔިތުން ތިބިއިރު، އޭގެ ތެރެއިން ބައެއް ހެކިން މިހާރު ވަނީ ރާއްޖެއިން ފުރާފައެވެ. އަދި އެމީހުންގެ ހެކިބަސް ނެގިފައިނުވާތީ ދައުލަތުން ވަނީ އެމީހުން ތަހުގީގަށް ދީފައިވާ ބަޔާނަށް ރިއާޔަތްކޮށްދިނުމަށް އެދިފައެވެ.

ދައުލަތުން ހެއްކާގުޅޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން ކުރިއަށް ގެންގޮސްފައިވާއިރު، ދައުލަތުގެ ފަރާތުން އެދިފައިވަނީ މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކަކީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ މައްސަލައެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ.

އެއަށްފަހު ދިފާއުން ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ. ދިފާއުން ވަނީ މި މައްސަލައިގައި ބައެއް ހެކިވެރިން ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކާއި، ތަހުގީގު ރިޕޯޓުތަކުގައި ހުރި ވާހަކަތައް ފުށުއަރާ ކަމަށް ބުނެފައެވެ. އަދި މި މައްސަލައިގެ ޙާދިސާއާ ގުޅޭ އަމަލު ހިންގީ އެތަނުގައި ތިބި އެހެން ބަޔަކަށްވުން އެކަށީގެންވާކަމަށް ދިފާއުން ބުނެއެވެ.

ދެފަރާތުން ޚުލާސާ ބަޔާން އިއްވުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ބައެއް ކަންކަން ސާފު ކުރައްވާފައެވެ.

ގާޒީ ވިދާޅުވީ، ދެން އޮންނާނީ މި މައްސަލައިގައި ގޮތެއް ނިންމެވުމަށް ބާއްވަވާ އަޑުއެހުން ކަމަށެވެ. އެ އަޑުއެހުން 30 ދުވަހުގެ ތެރޭގައި ކުރިއަށް ގެންދަވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: