ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫރިމަނާ ނުދައްކާނަމަ އެ ކުންފުންޏެއްގެ އޮޕަރޭޝަން ތާށިކުރަންޖެހޭ: އީޕީއޭ

އީޕީއޭގެ ޑީރެކްޓަރ ޖެނަރަލް ނައީމް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެއްޓަށް ލިބޭ ގެއްލުންތަކުގެ މައްސަލައިގައި ކުރެވޭ ޖޫރިމަނާތަކުގެ ފައިސާ ހޯދުމަށްޓަކައި ޖޫރިމަނާކުރެވެމުން އެ ކުންފުނިތަކުގެ އޮޕަރޭޝަނަށް ތާށިތަކެއް ގެނެވިގެންދިއުން މުހިންމުކަމަށް އީޕީއޭގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެއެވެ.

ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ އެކިއެކި މައްސަލަތަކާ ގުޅިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ފައިސާ ނުދައްކާ މައްސަލައިގައި ނައީމް ވިދާޅުވީ، ފައިސާ ހޯދުމަށް ދަތިތައް ކުރިމަތިވާކަމަށް ބެލެވޭ ބައެއް ސަބަބުތައް ހުރިކަމަށެވެ. އޭނާ ވިދާޅުވީ، އޭގެ ތެރޭގައި ޖޫރިމަނާއެއް ކުރުމުންވެސް ރާއްޖޭގެ ސަރަހައްދުގައި އެއްވެސް ހުރަހެއް ނެތި އޮޕަރޭޓްކުރަމުން ގެންދިއުމަށް ފުރުސަތު އޮތުން ހިމެނޭކަމަށެވެ.

ނައީމް ވިދާޅުވީ، ޖޫރިމަނާކުރުމުން އެ ކުންފުނީގެ މަސައްކަތްތަކަށް އެއްވެސް މިންވަރަކަށް ބުރުނާރާ ޖޫރިމަނާކުރި އުޅަނދު ނޫން އެހެނިހެން އުޅަނދުތައް މެދުވެރިކޮށް ކުރަމުންދާ ވިޔަފާރީގެ މަސައްކަތްތައް ކުރިއަށް ގެންދާކަމަށެވެ. އަދި ޖޫރިމަނާގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދައްކަން ޖެހޭނަމަވެސް ސަރުކާރުގެ ފަރާތުން އެ ކުންފުނިތަކަށް ދޭންޖެެހޭ ފައިސާވެސް ބަރާބަރަށް ދައްކަމުންދާކަމަށާއި އެހެންކަމުން ޖޫރިމަނާއެއް ކުރުމުން އެފަދަ ކުންފުނިތަކަށް މާ ބޮޑު ހުރަހެއް ކުރިމަތިވެގެން ނުދާކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަށް ދަތުރުކުރާ އުޅަނދުތަކުގައި ހުންނަނީ ވަރަށް ކުޑަ އިންޝުއަރެންސެއް ކޮށްފައިކަމަށާއި އެގޮތަށް ދިމާވަނީ ރާއްޖެއަށް އަންނަ ކޮމާޝަލް އުޅަނދުތައް އިންޝުއަރ ކުރުވުމަށްޓަކައި އެކަށީގެންވާ ވަރުގެ އުސޫލުތަކެއް ހެދިފައި ނެތުމުގެ ސަބަބުންކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި ބައެއް އުޅަނދުތަކުގެ ވެރި ކުންފުނިތަކުން އިންޝުއަރެންސް ބޮޑުކޮށްފި ހާލަތުގައި އައުމަށް ދަތިތައް ކުރިމަތިވެގެންދިއުމުގެ ފުރުސަތު އޮންނަ ވާހަކަތައް ހިއްސާކުރާކަމަކީވެސް ފާހަގަކުރެވިފައިވާ ކަމެއްކަމަށް އަލިއެޅުއްވިއެވެ.

ނައީމް ވިދާޅުވީ، ރާއްޖެއަށް އަންނަ އުޅަނދުތަކުގެ ހަލް އާއި މެޝިނަރީ އިންޝުއަރ ކޮށްފައި އޮތުމުން ނުނިމޭކަމަށާއި އޭގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުމާއި ތެޔޮ އެޅިއްޖެ ނަމަ އެކަމުގެ ސަބަބުން ލިބިގެންދާ ގެއްލުންތަކަށް ޒިންމާކުރުވުމަށްޓަކައި ޕްރޮޓެކްޝަން އެންޑް އިންޑެމްނިޓީ ކްލަބެއްގެ އިންޝުއަރެންސް ހޯދާފައި އޮތުން މުހިންމުކަމަށެވެ. ނަމަވެސް އެފަދަ ކަންކަން ފުރިހަމަ ނުކޮށްވެސް ރާއްޖެއަށް ދަތުރުކުރުމުގެ މަގު ހުޅުވިފައިވާކަމަށްވުމުން އެ މައްސަލަތަކަށް ހައްލެއް ގެނައުމަށްޓަކައި ގަވައިދުތަކެއް ހެދެންޖެހޭކަމަށެވެ. އަދި އެއީ އީޕީއޭ ނޫނީ އެންވައިރަމެންޓު މިނިސްޓްރީން ހަދަންޖެހޭ ގަވައިދެއް ނޫންކަމަށް މައުލޫމާތު ދެއްވިއެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ފަރަށް އަރާ އުޅަނދުތަކާއިމެދު ފިޔަވަޅު އެޅުމަށްޓަކައި އެކުލަވާލި ގަވައިދެއް އޮތްނަމަވެސް މިހާރު ނެތްކަމަށެވެ. އަދި މިހާރު ފަރަށް އަރާ އުޅަނދު ޖޫރިމަނާ ކުރެވެނީ ފަރުން ނެގުމުންކަމަށާއި އެހެންކަމުން ބައެއް އެފަދަ އުޅަނދުތައް ނުނަގާ އަދިވެސް ހުރިކަން ހާމަކުރެއްވިއެވެ. ނައީމް ވިދާޅުވީ، ނުނަގާ ބެހެއްޓުމުންވެސް ކުރެވޭނެ ކަމެއް ނެތްކަމަށާއި ކޭސްއެއްގެ ގޮތުގައި ފައިލް ކުރެވިފައި އޮންނަކަމަށެވެ. އަދި ޖޫރިމަނާކުރާ ހިސާބެއް ނުފެންނަކަމަށެވެ.

އޭނާ ވިދާޅުވީ، މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ފަރުމައްޗަށް އެރުމާއިއެކު ވަކި މުއްދަތެއް ދިނުމަށްފަހު ފާއިތުވެގެންދާ ކޮންމެ ދުވަހަކަށް އިތުރަށް ޖޫރިމަނާވެގެންދާ އުސޫލެއްގެ އިތުރުން ޖޫރިމަނާ ކުރެވިފައިވާ ހާލަތުގައި ރާއްޖޭގައި ހިންގާ އޮޕަރޭޝަންތަކަށްވެސް ތާށިތަކެއް ގެނައުން މުހިންމުކަމަށެވެ. ނައީމް ވިދާޅުވީ، ޖޫރިމަނާ ފައިސާ ލިބިގެންދާނީ އެފަދަ މަގަކުން މަސައްކަތްކޮށްގެންކަމަށެވެ.

އޭނާ މައުލޫމާތު ދެއްވިގޮތުން ގިނަ ފަހަރު މިފަދަ މައްސަލަތަކުގައި ފައިސާ ހޯދާފައިވަނީ ކޯޓު މަރުހަލާގެ ބަދަލުގައި ކޯޓުން ބޭރުގައި އެކަމާއި މެދު މަޝްވަރާތައް ކޮށްގެންކަމަށާއި ޖޫރިމަނާ ކުރުމަށް ގެންގުޅޭ މިންގަނޑުތަކަށް ބަލާއިރު ވަރަށް ބޮޑެތި އަދަދުތައް ބައެއް ހާލަތުގައި ދައްކަންޖެހޭކަމަށެވެ.

އެހެންކަމުން ބައެއް ފަހަރު ބޯޓުގެ އަގަށްވުރެ ބޮޑެތި އަދަދުތައްވެސް އަރާކަމަަށާއި އެފަދަ މައްސަލަތަކުގައި ކަމާއި ބެހޭ މުއައްސަސާތައް މަޝްވަރާކޮށްގެން ކޭސް ނިންމާލެވޭ ގޮތަށް ކަންކަން ބައްޓަން ކޮށްފައި އޮތްކަމަށެވެ. އަދި މީގެ ކުރިންވެސް އެފަދަ ގޮތްތަކަށް މައްސަލަތައް ނިންމާފައިވާއިރު ކޯޓާއި ހިސާބަށް ގޮސްގެން އެތައް ޒަމާނެއް ވަންދެން މައްސަލަ ދިގުދެމިގެން ދިއުމަށްވުރެ ރަނގަޅީ ކޯޓާއި ހިސާބަށް ނުގޮސް މައްސަލަ ނިންމޭ ގޮތް ވެގެންދިއުންކަމަށް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: