ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ރޯދަމަހުގައި ވައްކަމާއި އެކްސިޑެންޓުގެ މައްސަލަތައް ރިޕޯޓުކުރި މިންވަރު ގިނަ: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ  ރޯދަމަހުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމާއި އެކްސިޑެންޓުގެ މައްސަލަކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނެރުނު ތަފާތު ހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުންގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓުގައި ނެރުނު ކުށުގެ އޯވަރ ވިއުއިން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ ރޯދަމަހުގައި 342 ވައްކަމުގެ މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. މިއީ، މިދިޔަަ އަހަރުގެ ރޯދަމަހުގައި ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތަކާއި އަޅާ ބަލާއިރު 144 މައްސަލައިގެ ދައްވުމެއްކަން ފާހަގަކުރެވެއެވެ.

އެކްސިޑެންޓުގެ މައްސަލަތަކަށް ބަލާލާއިރު، ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 388 އެކްސިޑެންޓުގެ މައްސަލައެވެ. އެގޮތުން، މިދިޔަ އަހަރުގެ ރޯދަމަހުގައިވެސް ރިޕޯޓުކޮށްފައިވަނީ 388 އެކްސިޑެންޓުގެ މައްސަލަކަން ފުލުހުންގެ ތަފާތު ހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން، ފުލުހުންގެ ތަފާތު ހިސާބުތަކުން ހާމަވާގޮތުން، ރޯދަމަހުގައި ފުލުހުންނަށް ހުށަހަޅައިފައިވާ މައްސަލަތަކުގެ ޖުމްލަ މައްސަލަތަކުގެ ތެރެއިން މަސްތުވާ ތަކެތީގެ މައްސަލަތައް ގިނައެވެ.

އެގޮތުން، ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މަސްތުވާތަކެތީގެ މައްސަލަތައް 114 ގެ އަދަދަށް އަރައެވެ. އެގޮތުން، މިދިޔަ އަހަރު ރޯދަމަހުގައި ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 114 މަސްތުވާތަކެތީގެ މައްސަލައެވެ.

މަސްތުވާތަކެއްޗާއި އެކްސިޑެންޓުގެ މައްސަލަތަކުގެ އަދަދަަށް ބަދަލެއް އައިސްފައިނެތްނަމަވެސް، ވައްކަމުގެ މައްސަލަތައް މިއަހަރުގެ ރޯދަމަހުގައި ވަނީ މަދުވެފައެވެ.

ތަފާތު ހިސާބުތަކާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، މަސްތުވާކެއްޗާ ގުިގެން ހައްޔަރުކުރުމާއި ވައްކަމުގެ ހާދިސާތައް އަދިވެސް ހުރީ ކަންބޮޑުވާމިންވަރެއްގައި މަށެވެ. އެހެންނަމަވެސް، ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ޖުމްލަ އަދަދު މިއަހަރުގެ ރޯދަމަހުގެ ފާހަގަކޮށްލެވޭ ގޮތުގައި ދަށްވެފައިވާކަމަށް ފުލުހުން ބުނިއެވެ.

މީގެއިތުރުން، ރިޕޯޓުކުރާ ސްކޭމްތަކާއި ސައިބަރ ކްރައިމްގެ މައްސަލަތައް ފުުލުހުންގެ ތަފާތު ހިސާބުތަކުން ދައްކައެވެ. އެގޮތުން، ސައިބްރަ ކުރައިމްގެ މައްސަލަތައް އިތުރުވުމަކީ ދިނަާއި ޓްރެންޑްތައް ތަރައްގީވަމުންދާ ކަމުގެ ނިޝާނެއް ކަމަށް ފުލުހުން ބުނިއެވެ.

ރޯދަމަހުގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތަފާތު ހިސާބުތަކަކީ، ފުލުހުންގެ ސްޓްރެޓެޖީތައް މުރާޖާކޮށް، ”ޓާގެޓެޑް ޕްރިވެންޝަން“ގެ ދަށުން މުޖުތަމައުއަށް ހިދުމަތް ފޯރުކޮށްދިނުމުގެ އިތިރުުން، ހޭލުންތެރިކަން އިތުރުކުރުމާއި ފުލުހުން އަދާކުރަންޖެހޭ ރޯލް އަދާކުރުމަށް އެހީވާކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، ރައްކާތެރި މުޖުތަމައެއް ދިވެހިރާއްޖޭގައި ގާއިމުކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރަމުން ގެންދިޔުމަށް އެ އިދާރާއިން ގޮވާލާކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ދިވެހިރާއްޖޭ ކުށުގެ ނިސްބަތަށް ކޮންމެވެސް ވަރެއްގެ އުފުލުންތަކެއް އައިސްފައިވެއެވެ. ދިވެހިރާއްޖޭގެ ތާރީހީ ޑޭޓާތަކުން ދައްކާ ގޮތުގައި ކުށުގެ ޓްރެންޑުތަކަށް ބާލާލާއިރު، ފަހުގެ ރިޕޯޓުތަކުން ދައްކާގޮތުންނަމަ، ކުށުގެ ނިސްބަތް ދަނީ އިތުރުވަމުންނެވެ. ވަކިން ހާއްސަކޮށް ވެރިރަށް މާލޭގައި ކުށުގެ ނިސްބަތް އިތުރުވަމުން އަންނަ ކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: