އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ވާދަވެރި އީ-ސްޕޯޓްސް މުބާރާތެއް ބޭއްވުމަށް ހަމަޖައްސައި، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
”އުރީދޫ ނޭޝަން އިންޓަރ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް“ ގެ ނަމުގައި ބާއްވާ މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 27 އިން 30 އަށެވެ.
ރިސޯޓު މުވައްޒަފުންނަށް ޚާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި ކުޅޭނީ މަޝްހޫރު ދެ މޯބައިލް ގޭމް ކަމަށްވާ ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް އެވެ. މުޅިން އޮންލައިންކޮށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 20,000 ރުފިޔާގެ ފައިސާގެ އިނާމު ހިމެނެއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް 5,000 ރުފިޔާ ލިބޭއިރު، ރަނަރަޕް ޓީމަށް 3,000 ރުފިޔާ އަދި ތިންވަނަ ޓީމަށް 2,000 ރުފިޔާ ލިބޭނެއެވެ. އުރީދޫއިން ބުނެފައިވާ ގޮތުގައި މި މުބާރާތުގެ މައިގަނޑު އަމާޒަކީ ރިސޯޓު މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ޓީމްވޯކް އަދި ޑިޖިޓަލް އެންގޭޖްމަންޓް އިތުރުކުރުމެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރުމަށް އުރީދޫއިން އިލްތިމާސްކޮށްފައިވެއެވެ. މި މުބާރާތަކީ ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި އީ-ސްޕޯޓްސްގެ ރޮނގުން ބާއްވާ ފުރަތަމަ މުބާރާތްތަކުގެ ތެރެއިން މުބާރާތެކެވެ.

