ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ށ. މިލަންދޫގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ޕްރޮޖެކްޓްގެ މަސައްކަތްތައް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ށ. މިލަންދޫގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްގެ މަސައްކަތްތައް ނިމި، އިމާރާތްކުރުމާއި ބިނާވެށީގެ ވުޒާރާއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން މިލަންދޫގެ 9 މަގަކާއި ދެ ގޯޅިއެއް ހިމެނޭހެން ޖުމްލަ 6.3 ކިލޯމީޓަރުގެ ދިގުމިނުގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކޮށްފައިވާ ކަމަށް އާރްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ. މި މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 156،477،632.22 ރުފިޔާ ހޭދަކޮށްފައިވެއެވެ.

އާރްޑީސީން ފާހަގަކުރިގޮތުގައި މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި މިލަންދޫ ރައްޔިތުންނާއި ރަށު ކައުންސިލުގެ އިތުރުން ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފުރިހަމަ އެއްބާރުލުން ލިބިފައިވެއެވެ. އަދި މި މަޝްރޫޢުގައި މިލަންދޫގެ 50 އަށްވުރެ ގިނަ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެ، އެ ފަރާތްތަކުން ކުރި ހިތްވަރާއި ބުރަ މަސައްކަތް ވެސް އާރްޑީސީން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް، މި ޕްރޮޖެކްޓްގެ މަސައްކަތް ފެށުނީ ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުންދިޔަ ދުވަސްވަރު ކަމަށްވުމާއެކު، ”ދަތުރުފަތުރު ކުރުމުގައި ދިމާވި ގޮންޖެހުންތަކުގެ ސަބަބުން މަސައްކަތް ވަނީ ވަގުތީގޮތުން މެދުކަނޑާލަން ޖެހިފައި“ ކަމަށް އާރްޑީސީން ބުނެފައިވެއެވެ.

މިހާރު ނިމިފައިވާ މި މަޝްރޫޢުގެ ދަށުން ތަރައްގީކޮށްފައިވާ މަގުތަކަކީ ފެންވަރު ރަނގަޅު، ހިތްގައިމު އަދި ޒަމާނީ ފެންވަރަށް ފަރުމާކޮށްފައިވާ މަގުތަކެއްކަން އާރްޑީސީން ވަނީ ފާހަގަކޮށްފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: