ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރުގެ ޑިސެމްބަރުން މިހާތަނަށް މަސްވެރިންނަށް 470 މިލިއަން ރުފިޔާ ދެވިއްޖެ: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން މިހާތަނަށް މަސްވެރިން ބާނާ މަހުގެ އަގުގެ ގޮތުގައި 470 މިލިއަނާއި ގާތްކުރާ އަދަދެއް ދެވިފައިވާކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މެދުކެނޑުމެއް ނެތި އެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމުގައި ރައީސް މިއަދު ވަނީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކާއި ބެހޭ ތަފްސީލުތައް ދެއްވާފަ އެވެ. ރައީސް ވަނީ ގިނަ ރައްޔިތުންވެސް ރާއްޖޭގެ އިގްތިސާދީ ލޭނާރުގެ ގޮތުގައި ބަލައިގަނެފައި ވަނީ މި ސިނާއަތުކަން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މަސްވެރިކަން ދިރުވައި އާލާކޮށް ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށާއި މެނިފެސްޓޯގައި ވެސް އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދެވިފައިވާނެ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާއި ހެދި ސަރުކާރުން ރާއްޖޭގެ ވެރިކަމާއި ހަވާލުވިއިރު މަސްވެރިކަމުގެ ސިނާއަތު އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައިކަމަށް ވިދާޅުވި އެވެ. އެގޮތުން މަސްވެރިން ބާނާފައިވާ މަހަށް މިފްކޯއިން ދޭންޖެހޭ 250 މިލިއަނެއްހާ ރުފިޔާ ނުދެވި ހުރިކަމަށް ރައީސް ވަނީ ހާމަކުރައްވާފަ އެވެ.

އެހެންކަމުން މަސްވެރިންނަށް ކުރިމަތިވަމުން ދިޔަ ދަތިތަކަށް ހައްލެއް ގެނައުމަށްޓަކައި 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް ވައުދުވެވަޑައިގެންފައިވާނެކަމަށާއި ނިމިދިޔަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުގެ ނިޔަލަށް އެކަން ހާސިލުކުރެވިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އޭގެ ކުރިން އަހަރެއްހާ ދުވަސް ސިނާއަތު އޮތް ވަޅުގަނޑުން ހިއްލާލުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހުނުކަމަށާއި އެ ދުވަހާއި ޖެހުނުއިރު ތެޔޮ ސަބްސިޑީއާއިއެކު އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކަންޖެހިފައި ހުރި ބިލައަނެއްހާ ރުފިޔާ އަދި 250 މިލިއަން ރުފިޔާވެސް މަސްވެރިންނަށް ދީފައިވާނެކަމަށެވެ. ނަމަވެސް އެ ލަނޑުދަނޑި ހާސިލުކުރުމުގައި ލަސްތަކެއް ވެގެންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވަނީ މިހާރު ބީއެމްއެލްއާއިއެކު ގާއިމުކޮށްފައިވާ އެއްބަސްވުމެއް މެދުވެރިކޮށް ނިމިދިޔަ އަަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން އެންމެ ދުވަހެއްވެސް ވައްޓާނުލެވި ފައިސާ ދެވެމުންދާކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ދުވަހުން ފެށިގެން މިހާތަނަށް ބަރާބަރަށް ފައިސާ ދައްކަމުން ގޮސް 470 މިލިއަން ރުފިޔާއާއި ގާތްކުރާ އަދަދެއް ދެވިފައިވާނެ ކަމަށެވެ. އަދި އެކަމުގެ ނަތީޖާވެސް ފެންނަމުންދާކަމަށާއި ކުރިމަތިވެގެންދިޔަ ދަތިތަކާއި ގުޅިގެން ދޯނިތަކުން ފައިބައިގެން ދިޔަ ގިނަ އަދަދެއްގެ މަސްވެރިން މިހާރު އަނބުރާ ސިނާއަތުގައި ހަރަކާތްތެރިވާން ފަށާފައިވާކަން ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެހެން މަސައްކަތްތައް ފަށައި ހަރަކާތްތެރިވަމުންދިޔަ ޒުވާނުން އަނބުރާ އެ ސިނާއަތަށް ގޮސްފައިވާކަމަށާއި އެއީ އެމަނިކުފާނު އެދިވަޑައިގެންނެވި ނަތީޖާއެއްކަމަށެވެ. އެގޮތުން މިވަގުތު ރާއްޖޭގައި މަސްވެރިކަން ކުރާ ދޯނިތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުންދާއިރު އެމީހުންގެ ބަދަލުގައި ދިވެހިން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ. އެހެންކަމުން އަނބުރާ ގިނަ އަދަދެއްގެ މީހުން ސިނާއަތަށް ގޮސްފައިވާކަމަށްވުމުން ސަރުކާރުން އިންތިޒާމުކޮށްފައިވާ ނިޒާމުގެ ތެރެއިން ބަރާބަރަށް ފައިސާ ލިބެމުންދާކަން ގަބޫލުކުރެވޭކަމަށް ދެކިވަޑައިގަންނަވާކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މެދު ނުކެނޑި އެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދާނެކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: