ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަން އެއަރޕޯޓުގެ މަގު ހެދުމުގެ މައްސަލަ ހައްލުވެއްޖެ: މުއްތަލިބު

މިނިސްޓަރ މުއްތަލިބު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގަން އެއަރޕޯޓު ތަރައްގީކުރުމުގެ ތެރެއިން ކުރިމަތިވެގެންދިޔަ ހުރަސްތައް ނައްތާލެވިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ މުއްތަލިބު ވަނީ ގަން އެއަރޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ދެއްވާފައެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި، އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތަށް، އީކުއޭޓަރ ވިލެޖުގެ ލޭބަރ ކުއާޓަރެއް އެ ސަރަޙައްދުގައި ހުރުމުގެ ސަބަބުން ކުރިން އޮތީ ހުރަސްތަކެއް ދިމާވެފައެވެ.

އެހެންނަމަވެސް، މިހާރު އެ މައްސަލައާ ގުޅޭގޮތުން ކަމާއިބެހޭ އެންމެހައި ފަރާތްތަކާއެކު މަޝްވަރާކުރެވި، ހައްލެއް ހޯދިފައިވާ ކަމަށް ހާމަކުރެއްވި އެވެ. އަދި ވިދާޅުވީ މިކަން އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީއަށް އަންގަވާފައިވާނެ ކަމަށެވެ. އެހެންކަމުން، މަގު ހެދުމުގެ މަސައްކަތްތައް އެއްބަސްވުމާ އެއްގޮތަށް، ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން ކުރެވިގެންދާނެކަމަށް މުއްތަލިބު ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އޭއައިއޭގެ މެނޭޖްމަންޓުން ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ އިތުރުން ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކާއެކު ވެސް މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާތީ، އެކަމަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މުޠައްލިބު އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުން އެދުނު ތާރީހަށް މައްސަލަ ހައްލުވެގެން ދިޔައީ އައްޑޫގެ ރައްޔިތުން އެކަމަށް ބާރުއަޅައި އެއްބާރުލުން ދިނުމުގެ ސަބަބުން ކަން ފާހަގަކުރައްވާ ކަމަށާއި، އެކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: