ސަރުކާރުގެ މަސައްކަތްތަކާއި އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއޒުގެ ހާއްސަ ވަޓްސްއަޕް ޗެނަލެއް އުފައްދައިފި އެވެ.
ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ ވަޓްސްއަޕް ޗެނަލް މިހާރު އުފައްދާފައިވާކަމަށެވެ. އަދި އެ ވަޓްސްއަޕް ޗެނަލް މެދުވެރިކޮށް، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ރައްޔިތުންނާއި ގުޅުން ހުރި މުހިންމު މައުލޫމާތުތައް ދުވަހުން ދުވަހަށް ފޯރުކޮށްދެމުންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ޕޯސްޓާއި އެކު ރައީސް ވަނީ އެ ޗެނަލާއި ގުޅުމަށް ވެސް ދައުވަތު ދެއްވާފަ އެވެ.
ރައްޔިތުންނަށް ސަރުކާރުގެ މަސައްކަތްތަކުގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ރައީސް މުއިއްޒު މިހާރު ވެސް ގެންދަވަނީ ކޮންމެ ހަފްތާއެއްގައި ވެސް ޕޮޑްކާސްޓެއް ކުރިޔަށް ގެންދަވަމުންނެވެ.

