ބޭސިކް ޕެންޝަނަށް ކޮންމެ މަހަކު 100 މިލިއަން ރުފިޔާ ހޭދަވާއިރު 2030 ވަނަ އަހަރު އެ އަދަދު 7 އިންސައްތަ އިތުރުވުމުން ދައުލަތަށް އެ ހަރަދު ކުރަން އުނދަގުވާނެ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޝުޖާތާ ވިދާޅުވީ 2030 ވަނަ އަހަރަށް ދާއިރު 65 އަހަރުގެ އަބާދީ 7 އިންސައްތަ އިތުރު ވާނެ ކަމަށެވެ. އެހެންކަމުން މިހާރު ހުރިވަރުގައި އިނާޔަތްތައް ބެހެއްޓި ނަމަވެސް ވަރަށް ބޮޑަށް ހަރަދުތައް ވެގެންދާނެ ކަމަށް ވިދާޅުވއިެވެ. އަދި މިހާރު ހުރިވަރުގައި އިނާޔަތްތައް ނުބެހެއްޓޭނެ ކަން ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝުޖާތާ ވިދާޅުވީ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންފްލޭޝަން ޓެސްޓު ކުރުމަށްފަހު ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. ޕެންޝަން ގާނޫނު ވުޖޫދަށް އައިތާ 15 އަހަރުވީ އިރު އެ ސްކީމުގެ ބޭރުން ވަކި ވަކި މުއައްސަސާތަކުން ހިންގާ ސްކީމުތަކުން ދޭ ފައިދާތައް އުވާލާ އިރު، އެކަމުގައި ކުއްލިއަކަށް އުވާލުމުގެ ބަދަލުގައި މެދު މިނުގެ ހައްލުތަކެއް ހޯދަން ޖެހޭ ކަމަށެވެ.
ބައެއް ބޭފުޅުންނަށް އެބަ އެނގިލައްވާ އެބަ ލިބޭކަން ޑިފައިންޑް ބެނިފިޓެއް. ވަޒީފާއިން ވަކިވާ ހިނދު. އަނެއްކާ ވެސް އެ ފޯލް ވަނީ ސަރުކާރުގައި އުޅޭ މުވައްޒަފުންނަށް. އެހެންވީމަ އެބަ އުޅޭ އިކުއިޓީގެ މައްސަލައެއް
މީގެއިތުރަށް ޝުޖާތާ ވިދާޅުވީ ޕެންޝަން ގާނޫނުގެ ބޭރުން ހިންގާ ސްކީމުތަކާ ގުޅިގެން، އެކަމަށް ކުރަން ޖެހޭ ހޭދަ ބޮޑުވެ، ތަފާތު ކުރުން ބޮޑު ނިޒާމެއް އުފެދިފައި އޮތުމަކީ އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ.

