ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ގޭމާސް ގިލްޑްއިން ކޮންމެ މަހަކު ޕީ.އެސް5 ޕްރޯއެއް!

ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އިން ކޮންމެ މަހަކު ޕްލޭސްޓޭޝަން 5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މިއީ، ގޭމަރުންނަށް އެންމެ ފަހުގެ ޕްލޭސްޓޭޝަނަށް އަޕްގްރޭޑްކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުންހިފައި، މި ލަކީޑްރޯގައި ބައިވެރިވުމަށް ހަދަންޖެހޭގޮތަކީ:

  1. ޑީ.ޖީ.ޖީއަށް ސައިން-އަޕް ކުރުން
  2. ޑީ.ޖީ.ޖީގެ އިންސްޓަގްރާމް، ޓިކްޓޮކް އަދި ފޭސްބުކް އެކައުންޓް ފޮލޯ ކުރުން

މިހާ ފަސޭހައިން ބައިވެރިވެވޭ ގޮތަށް 3 މަހުގެ މުއްދަތައް ކުރިއަށްގެންދާ މި އަގުހުރި ލަކީ ޑްރޯގައި ރާއްޖޭގެ ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވައިލައިފައެވެ. އަދި، ކޮންމެ މަހަކު ނަގާ ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް މުޅިން އައު ޕީ.އެސް5 ޕްރޯއެއް ލިބިގެންދާނެއެވެ.

މި ލަކީޑްރޯގެ ނަސީބުވެރި ފަރާތްތައް ދިރާގުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ދިވެހި ގޭމަރުންނަށް އެންމެ ފަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދެމުންނެވެ. އަދި، ޑީ.ޖީ.ޖީއިން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމިންގ ހުނަރު އިތުރުކުރުމަށް ގިނަ ފުރުސަތުތަކެއް ހޯދައިދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: