ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންކަރިންގެ ހިދުމަތް ނުހުއްޓޭ، ލިބޭ މަންފާގެ ތަފްސީލުތައް ފެންނަން ހުންނާނެ: ސައީދު

އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންކަރިންގެ ހިދުމަތް ހުއްޓި އޭގެއިން އެއްވެސް މަންފާއެއް ދިވެހިރާއްޖެއަށް ނުލިބޭކަމަށް ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތްކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިގްތިސާދީ ބޮޑެތި ކުރިއެރުންތައް ލިބޭނެކަމުގެ އުންމީދާއި އެކު ފެށި ބަންކަރިންގެ ހިދުމަތް ކުރިޔަށް ނުދާކަމަށް ބުނެ އިދިކޮޅުގެ ފާޑުކިއުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި މިހާތަނަށް ދައުލަތަށް ބަންކަރިން މެދުވެރިކޮށް އެއްވެސް އާމްދަނީއެއް ނުލިބޭކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

މި ތުހުމަތުތަކާއި ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ސައީދު ވިދާޅުވީ މިއީ ދުނިޔޭގެ ފެންވަރުގެ ބޮޑު ވިޔަފާރިއެއްކަމަށެވެ. އަދި ރާއްޖެއިން ހިދުމަތް ފެށީ މަޑުމަޑުން ވިޔަފާރީގެ ތެރެއިން ކުރިއެރުން ހޯދައި 400 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމުގެ އަމާޒާއި އެކުކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދަޅުވި ގޮތުގައި މިހާރު ވެސް އޮފްޝޯރ ބަންކަރިންގެ ހިދުމަތް ދަނީ ކުރިޔަށެވެ. އަދި ބަނދަރެއް ނެތި ހިދުމަތް ދެމުން ގެންދާއިރު، ސަރުކާރުން އެކަން އުޒުރެއްގެ ގޮތުގައި ދައްކައި މަސައްކަތް ނުކޮށް ތިބެން ބޭނުން ނުވާކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ހިދުމަތް ދޭ ކޮންމެ ދުވަހެއްގައި، އާމްދަނީއާއި ބެހޭ ތަފްސީލުތައް އާންމުކޮށް ހިއްސާ ކުރުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށެވެ. އެހެން ނަމަވެސް އެ ހިދުމަތް ދެމުން އަންނަ އެސްޓީއޯ މެދުވެރިކޮށް ބޭނުންވާ މައުލޫމާތުތައް ލިބެން ހުންނާނެކަމަށް ސައީދު ވިދާޅުވި އެވެ.

ވަސީލަތްތައް ނެތުމާއި ހިދުމަތް އެދެވޭ ގޮތެއްގައި ނުދެވޭކަމަށް ނޫސްވެރިން ސުވާލު ކުރުމުން ސައީދު ވިދާޅުވީ، މިއީ ބަޔަކަށް ގަބޫލު ކުރެވިފައި އޮންނަހާ ފަސޭހަކަމެއް ނޫންކަމަށެވެ. އަދި ބައިނަލްއަޤުވާމީ ގޮތުން ގާއިމު ކުރަން ޖެހޭ ވަސީލަތްތައް ހުރުމާއި އެކު، އެކަންކަމަށް ސަރުކާރުން ސަމާލުކަން ދޭކަމަށް ސައީދު ވިދާޅުވި އެވެ.

400 މިލިއަން ޑޮލަރާއި ގުޅޭގޮތުން ސައީދު ވިދާޅުވީ، މީގެ ކުރިން އޭނާ ފާހަގަކުރެއްވީ އެ އަދަދު ހޯދުމަށް ޓާގެޓެއް ކަނޑައަޅައި މަސައްކަތް ކުރާނެ ވާހަކަ ކަމަށެވެ. އަދި ރާއްޖޭގެ ޖީޑީޕީގެ ތެރެއަށް މަސައްކަތް ފެށުމާއި އެކު 400 މިލިއަން ޑޮލަރު ވަންނާނެކަމަށް ސީދާ ވިދާޅުވެފައި ނުވާނެކަމަށެވެ.

މިދިޔަ އަހަރު އޮތް ޖަލްސާއެގައި ބަންކަރިންގެ ހިދުމަތާއި ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިގްތިސާދު ފުޅާކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށާއި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގް ސާވިސް މި މަހު ފެށިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ، އަބަދު ދައްކާ ވާޙަކައެއްގެ ގޮތުއި ނުވެ، 2024 ގެ އޮގަސްޓު މަހުގެ ތެރޭގައި އެކަން ފެށިގެންދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތްތައް ފެށުމާއިއެކު ފުރަތަމަ އަހަރުގެ ތެރޭގައިވެސް ދިވެހިރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުކޮށްދޭނެކަމަށާއި އެއީ އެންމެ އަހަރެއްގައި އިތުރުވެގެންދާނެ މިންވަރުކަމަށް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: