ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވެ، އާމްދަނީއަށް ކުރިއެރުމެއް!

ރާއްޖެ އައި ފަތުރުވެރިންތަކެއް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވެ، ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 16.1 އިންސައްތަ އިތުރުކަމަށް ރިޕޯޓުން ދައްކަ އެވެ. އަދި އެ އަދަދު 100،000 އަށް ވުރެ އިތުރުވެފައި ވާއިރު، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ހަތަރު މަހު ކޮންމެ މަހަކު 200،000 ފަތުރުވެރިން ހަމަވާނެ ކަމަށް ތަފާސްހިސާބުތަކުން ވަނީ ދައްކާފަ އެވެ.

މިކަމާއި ގުޅޭގޮތުން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިކަމާއި ގުޅިގެން ދައުލަތުގެ އާމްދަނީއަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި 104،357 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި 89،865 ފަތުރުވެރިންނަށް ވުރެ 16.1 އިންސައްތަ އިތުރު މިންވަރެކެވެ.

މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެވްރެޖުކޮށް ދުވާލަކު 6،957 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެ އެވެ. އެއީ ފަތުރުވެރިކަމުގެ ސީޒަނަށް އެންމެ ބާރުބޮޑު ދުވަސްވަރު ކަމަށްވާ ޑިސެމްބަރު އަދި ޖެނުއަރީގައި ހުރި މިންވަރަށް ވުރެ ވެސް އިތުރު އަދަދެއްކަމަށް ރިޕޯޓުގައި ވެއެވެ.

މި މަހުގެ 15 އާއި ހިސާބަށް މި އަހަރުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް ވަނީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި 693،869 ފަތުރުވެރިންނަށް ވުރެ 6.2 އިންސައްތަ އިތުރުވެ، 736،775 ފަތުރުވެރިން ހަމަކޮށްފަ އެވެ. އެ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު އެވްރެޖުކޮށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ހުރީ 7،017ގަ އެވެ.

މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ނިސްބަތްވާ 10 ގައުމަކީ:

  1. ޗައިނާ: 81،001 (11 އިންސައްތަ އިތުރު އަދަދެއް)
  2. އިނގިރޭސިވިލާތް: 80،535 (10.9 އިންސައްތަ އިތުރު އަދަދެއް)
  3. ރަޝިއާ: 76،243 (10.3 އިންސައްތަ އިތުރު އަދަދެއް)
  4. އިޓަލީވިލާތް: 63،995 (8.7 އިންސައްތަ އިތުރު އަދަދެއް)
  5. ޖަރުމަނުވިލާތް: 57،081 (7.7 އިންސައްތަ އިތުރު އަދަދެއް)
  6. އިންޑިއާ: 36،941 (5 އިންސައްތަ އިތުރު އަދަދެއް)
  7. ފަރެންސޭސިވިލާތް: 28،983 (3.9 އިންސައްތަ އިތުރު އަދަދެއް)
  8. އެމެރިކާ: 23،720 (3.2 އިންސައްތަ އިތުރު އަދަދެއް)
  9. ސިވިޓްޒަލެންޑް: 16،766 (2.3 އިންސައްތަ އިތުރު އަދަދެއް)
  10. ޕޯލަންޑް: 14،184 (1.9 އިންސައްތަ އިތުރު އަދަދެއް)

މި އަހަރުގެ އެހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު:

  • ރިސޯޓްތަކަށް: 516،174 (70.1 އިންސައްތަ މީހުން)
  • ހޮޓާތަކަށް: 21،852 (3 އިންސައްތަ މީހުން)
  • ގެސްޓްހައުސްތަކަށް: 179،878 (24.2 އިންސައްތަ މީހުން)
  • ސަފާރީތަކަށް: 18،379 (2.5 އިންސައްތަ މީހުން)

2024 ވަނަ އަހަރުގެ ފެބުރުވަރީ މަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު، 2023 ވަނަ އަހަރުގެ ފެބްރުވަރީ މަހާ އަޅައިބަލާއިރު 22.2 އިންސައްތައިން އިތުރުވި ނަމަވެސް، މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު، ނިމިގެންދިޔަ އަހަރުގެ ފެބުރުވަރީ މަހާ އަޅައިބަލާއިރު މިވަނީ 1.5 އިންސައްތަ އިން ދަށްވެފައެވެ. އެގޮތުން، ފެބުރުވަރީ 2023 ގައި 177،915 ފަތުރުވެރިން، އަދި ފެބުރުވަރީ 2024 ގައި 217،392 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 214،091 ފަތުރުވެރިންނެވެ. ފެބުރުވަރީ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 2024 ވަނަ އަހަރާ އަޅައިބަލާއިރު ދަށްވި ނަމަވެސް، އެ މަހުގެ ތެރޭގައި ފަތުރުވެރިން ދިވެހިރާއްޖޭގައި ހޭދަކުރި ރޭތަކުގެ ޢަދަދުވަނީ 2024 ވަނަ އަހަރުގެ ފެބުރުވަރީ މަހާ އަޅައިބަލާއިރު 0.6 އިންސައްތައިން އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: