ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް މީހުންނަށް ޑަބަލް ޕެންޝަން؛ ”އަސާސީ ޕެންޝަންއަށް ވުރެ ކުޑަ މިންވަރެއް އިތުރަށް ލިބޭ މީހުން ވެސް އެބަތިބި“

މަޖިލީހުގެ ނައިބު ރައީސް ނާޒިމް މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަނީ- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

65 އަހަރުވެގެން ނުވަތަ 55 އަހަރުގައި ރިޓަޔަރ ކުރާ މީހުން ތިބިއިރު ބައެއް މީހުންނަކީ އަސާސީ ޕެންޝަންއަށް ކުޑަ މިންވަރެއް އިތުރުކޮށް ލިބޭ މީހުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ޑަބަލް ޕެންޝަންގެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މަޝްވަރާތައް ފެށިއިރު، 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވެސް އޭރު އެކަމާއި ގުޅޭ މަސައްކަތްތައް ހިމަނާފައި ހުއްޓެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ މައުލޫމާތުތައް އޮޅުން އަރައި، އެކި ގޮތްގޮތަށް ފެތުރެން ފެށުމުން ވަކި ހިސާބަކުން ޑަބަލް ޕެންޝަންގެ ވާހަކަތައް މަޑުޖެހުނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ކުރިޔަށް ގެންގޮސްފައި ވަނީ ދައުލަތުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށާއި، ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ރީފޯމް އޮފީހުން މިހާތަނަށް ކުރި މަސައްކަތެވެ. އަދި ކޮމިޓީން ވަނީ ސިވިލް ސާވިސް ކޮމިޝަނާއި، ޕެންޝަން އޮފީހާއި ބައްދަލުކޮށް ދެތަނުގެ މަޝްވަރާއާއި ހިޔާލު ހޯދާފަ އެވެ.

އިއްޔެ ކުރިޔަށް ގެންދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، ޑަބަލް ޕެންޝަނުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފާހަގަވެފައި އޮންނަތާ ދުވަސްތަކެއްވެފައިވާކަމަށެވެ. އަދި މިއީ އެ މައްސަލައެއް ހައްލު ނުކޮށްފި ހާލަތުގައި އިތުރަށް ގޯސްވެ، ޕެންޝަނުގެ ފައިސާ ނުދެވޭ ހިސާބަށް ކަންކަން ގޮސްދާނެވަރުގެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މިކަމަށް ގާނޫނީ ގޮތުން ރަނގަޅު ބަދަލުތައް ގެނައުމަށްޓަކައި ޕެންޝަން އޮފީހާއި އެހެން މުވައްސަސާތަކާއި މަޝްވަރާ ކުރުމުގެ މެދުވެރިޔަކަށް މަޖިލިސް ވާނެކަމަށެވެ. އަދި ހައްލު ބޭނުން ވަނީ ކޮންމެ މުވައްސަސާއަކާއި ވެސް ޕެންޝަން އޮފީހާއި ވާހަކަ ދެކެވިގެންކަމުގައި ނާޒިމް ވިދާޅުވި އެވެ.

މި މައްސަލަ ދެން މި އައިޑެންޓިފައިވެފައި ސަރުކާރުގެ ތެރޭގައި ވެސް އަދި މަޖިލީހުގައި ވެސް އޮންނަޔާ އެތައް ދުވަހެއް ވެއްޖެ.. ދެން މި މައްސަލައަކީ އަޅުގަނޑުމެން މިހާރު މި އެޓެންޑްކޮށް ހައްލުކުރަން ޖެހިފައި އޮތް މައްސަލައެއް މި މައްސަލައަކީ.. އެ ސަބަބަކީ ލަހުން ވިޔަސް ފަހުން ވިޔަސް މި އަޅުގަނޑުމެނަށް މީގައި ހުރި އިޝޫސްތައް އަރާ ހަމަކުރާނެ.. އަރާ ހަމަކުރާއިރު މިހާރު އަޅުގަނޑުމެން މި މުސްކުޅި ކުރަމުންދާ މުވައްޒަފުންނަށް ޕެންޝަން ނުދެވޭތަން، ޕެންޝަނުގެ ގޮތުގައި ފައިސާ ނުދެވޭނެ ދުވަސް އަންނާތީ އަޅުގަނޑުމެން އެބަ ފެނޭ، އެހެންވީމާ އުޅެން ބޭނުންވަނީ މިހާރު މީގައި ޕެންޝަން އޮފީހާއި މުއައްސަސާތަކާ ދެމެދުގައި ވާހަކަ ދެއްކުމުގެ މެދުވެރިއަކަށް ވެގެން މި މައްސަލައަށް ކޮންމެ މުއައްސަސާއަކަށް ވަކިން ޕެންޝަން އޮފީހާ ވާހަކަ ދެކެވިގެން މި ކަމަށް ހައްލެއް ގެނެވޭނެ ގޮތެއް ހޯދައި އަޅުގަޑު ބޭނުންވަނީ..

ނާޒިމް ވިދާޅުވީ އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ތިބީ ސިވިލް ސާވިސްގައިކަމަށާއި، އެހެންކަމުން ފަށަން ރަނގަޅު ހިސާބަކީ އެއީކަމަށެވެ. އަދި ވިދާޅުވީ 2009 ވަނަ އަހަރު ގާޏޫނު ފާސްކުރެވުނު ނަމަވެސް، ގާނޫނަށް އަމަލު ކުރުމުގެ ކުރިން ސިވިލް ސާވިސް ގާނޫނު ވުޖޫދަށް އައިކަމަށެވެ. އަދި އެ ގާނޫނުގައި ރިޓަޔަމަންޓް އިނާޔަތް ހިސާބު ކުރާނެ ގޮތް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ސިވިލް ސާވިސްގައި މިހާރު އަމަލު ކުރާ ގޮތުން ޕެންޝަނުގެ ގޮތުގައި ލިބެނީ ކުޑަ އަދަދެއް ކަމަށެވެ.

އެގޮތުން 65 އަހަރުވެގެން ނުވަތަ 55 އަހަރުގައި ރިޓަޔަރ ކުރާ މީހުން ތިބިއިރު ނާޒިމް ވިދާޅުވި ގޮތުގައި ބައެއް މީހުންނަކީ އަސާސީ ޕެންޝަންކަމަށްވާ 5000 ރުފިޔާއަށް ވުރެ ކިރިޔާ ބޮޑު އަދަދެއް ލިބެމުންދާ މީހުންނެވެ. އެހެން ނަމަވެސް މިއީ ދިރިއުޅެވޭނެ ވަރުގެ ޕެންޝަނެއް ނޫންކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ބޭނުން ވަނީ އެ އުސޫލު ދޫކޮށްލައި ސިވިލް ސާވިސްއަށް ޕެންޝަނާއި ބެހޭ ގާނޫނު ވަންނަން ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މަޝްވަރާ ކުރަން ބޭނުން ވަނީ އެގޮތަށް އަމަލު ކުރާއިރު، ޕެންޝަނާއި ބެގޭ ގާނޫނަށް ގެންނަން ވީ އިސްލާހުތަކެވެ. އަދި ނާޒިމް އެދިވަޑައިގަތީ ޕެންޝަން އޮފީހާއި ސިވިލް ސާވިސް ކޮމިޝަނުން އެކުގައި ވާހަކަ ދައްކައި އެއް ހައްލަކާއި ހަމައަށް އައުމަށެވެ.

މާލިއްޔަތު ކޮމިޓީން އިސްނަގައިގެން، ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ފަހު ބިލު ފަރުމާކޮށް ބަންޑާރަ ނައިބުގެ އޮފީހާއި މަޝްވަރާ ކުރާނެކަމަށް ނާޒިމް ވިދާޅުވި އެވެ. އެއީ މިއީ މާލިއްޔަތާއި ގުޅުން ހުރި ބިލެއްކަމުގައި ވާތީ، ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހަޅަން ޖެހުމެވެ. ކޮމިޓީގެ މަސައްކަތް ކުރިޔާލައި ނިމިފައި އޮތުމުން ދެން އިތުރަށް ކުރަން ޖެހޭ މާބޮޑުކަމެއް ނޯންނާނެކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ވަރަށް ކުޑަ އެމައުންޓެއް ޕެންޝަނުގެ ގޮތުގައި މި ލިބެނީ ވެސް.. އަނެއް 65 އަހަރު ވެގެން ނޫނީ 55 އަހަރުން ރިޓަޔަރ ކުރާ މީހުންނަށް ވެސް.. މި އަސާސީ ޕެންޝަން ކަމަށްވާ 5000 ރުފިޔާއަށް ވުރެ ކުޑަ ތަންކޮޅެއް އިތުރަށް ހަމަ މި ޕެންޝަނަށް ލިބޭ ބޭފުޅުން ވެސް އެބަ ތިއްބެވި ރިޓެއަރ ކުރައްވާފައި.. އެއީ އަނެއް ލިވިން ޕެންޝަނެއް ނޫން މި ދެންނެވި ދިރިއުޅެވޭނެ ޕެންޝަނެއް ނޫން އެ މީހާގެ އެ މަރުދުވާ ހިސާބަކަށް..

ނާޒިމް ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ގެނައި ބަދަލުތައް، އޭގެ ފަހުން ވުޖޫދުވެގެން އައި އެހެން މުވައްސަސާތަކާއި ގުޅޭ ގާނޫނުތަކުގައި ވެސް އެބަހުރިކަމަށެވެ. މިސާލެއްގެ ގޮތުން ނާޒިމް ދެއްކެވީ ކަރެކްޝަނާއި ޖުޑިޝަރީ އެވެ. އަދި ފަނޑިޔާރުން ވެސް އުމުރުން 40 އަހަރު ނުވަނީސް ރިޓަޔަރ ކުރުމަށް ފަހު އުމުރު ދުވަހުގެ މުސާރައާއި އިނާޔަތް ނަގަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ބައެއް ޔުނިފޯމު އެޅި އިދާރާތަކުން ވެސް ރިޓަޔާކުރުމަށް ފަހު އެލެވަންސްތައް ނަގައި ދަނީ ސިޔާސީ މަގާމުތަކަށް ގޮސްގެން މަންފާ ނަގަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: