ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމްއާންގެ އިސްތިއުނާފު އަޑުއެހުން ބުދަ ދުވަހަށް ރީޝެޑިއުލްކޮށްފި

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަގާމުގެ ނާޖާއިޒް ފައިދާ ނެގިކަމުގެ ކުށުގެ ތުހުމަތުކޮށް އިމިގްރޭޝަން ކޮންޓްރޯލަރުގެ ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަންގާރަ ދުވަހުގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

ބަންދުގެ މައްސަލައާއި ގުޅުވައި ޝަމްއާންގެ ފަރާތުން ދެ މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެއް މައްސަލައަކީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކުރި މައްސަލައެވެ. ދެވަނަ މައްސަލައަކީ ޝަރީއަތް ނިމެންދެން ކުރި އަމުރާގުޅޭ މައްސަލައެވެ.

އޭގެ ތެރެއިން ފުރަތަމަ މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ހޯމަ ދުވަހުގެ އަޑުއެހުމުގައި ވަނީ އިއްވާފައެވެ. އެގޮތުން ޝަމްއާންގެ ވަކީލު ވިދާޅުވީ، އޭނާގެ ހައްޔަރު އިޖުރާއަތާއި، ބަންދުގެ މުއްދަތު އިތުރުކުރުން ކުރިއަށް ގެންގޮސްފައިވަނީވެސް ކޮރަޕްޝަންގެ ކުށްތަކެއްގެ ތުހުމަތުގައި އޭސީސީގެ އެއްވެސް ބައިވެރިވުމެއް ނެތި ކަމަށާއި، އޭނާއާމެދު ތަފާތުކުރުން ގެންގުޅެފައިވާ ކަމަށެވެ.

މި މައްސަލައިގެ ދެވަނަ އަޑުއެހުން ތާވަލުކޮށްފައި އޮތީ އަންގާރަ ދުވަހުގެ މެންދުރު 13:30 ގައެވެ. ނަމަވެސް އަޑުއެހުން ކެންސަލްވެފައިވާ ކަމަށާއި، ބުދަ ދުވަހަށް އަލުން ރީޝެޑިއުލް ކުރެވިފައިވާކަމަށް ހައިކޯޓުން މައުލޫމާތުދެއެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައި ޝަމްއާންގެ ވަކީލު ވިދާޅުވީ، އޭނާ 15 ދުވަހަށް ބަންދު ކުރުމަށް ނެރުނު އަމުރަކީ ތަހުގީގީ ދެ އިދާރާއެއްގެ އިޙްތިސާސް ހިނގާ މައްސަލަތަކުގައި ޚާއްސަ އިހްތިސާސް އޮތް އިދާރާއަށް ތަހުވީލު ކުރުން ނުވަތަ ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގުމުގެ އުސޫލާ ޚިލާފު އަމުރެއްކަމަށެވެ.

މީގެ އިތުރުން، މި މައްސަލައިގައި މިހާރު ނިންމާފައިމިވާ ގޮތަށް ބަލާއިރު، ޝަމްއާން ވަހީދު ބަންދުގައި ބެހެއްޓުމަށް ހެކި ވަޒަން ކުރުމުގައި ކޮރަޕްޝަންގެ ކުށްތަކުގެ ބައި އެއްކައިރިކުރެވެންޖެހޭކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި ލިބިފައިވާ ހެކި ޤަރީނާ ވަޒަން ކުރެވެންޖެހޭނީ ހަމައެކަނި މަނީ ލޯންޑަރިން ގެ ތުހުމަތަށް ފޯކަސް ކުރެވިގެންކަމަށް ދެކޭކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. ސަބަބަކީ އެ އަމުރު ސައްޙަކަމަށް އޭރު ކަނޑައަޅާފައިވަނީ މަނީލޯންޑަރިންގ ގެ ކުށުގެ ތުހުމަތު ބެލުމުގެ އިޙްތިސާސް ފުލުހުންނަށް އޮންނާތީ އެ ސަބަބަށް އެކަނި ރިއާޔަތްކޮށްގެންކަމަށްވާތީއެވެ.

ކޯޓު އަމުރަށް ބަލާއިރު، އޭރު ޝަމްއާން 15 ދުވަހަށް ބަންދުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައެވެ. އެހެންނަމަވެސް އެގޮތަށް ނިންމުމުގައި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް މިންވަރާ ގުޅޭ އުސޫލު ތަތުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށްވެސް އޭނާގެ ފަރާތުން ހައިކޯޓުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން، ޝަމްއާންއާމެދު އަޅާފައިވާ ފިޔަވަޅުތައް ހާމައަށް އެންމެންނަށް އެނގެން ހުރި ވަރަށް ގިނަ ކަންކަމާ ކަނޑައެޅިގެން ތަފާތުކަމަށްވެސް އޭނާގެ ފަރާތުން ކޯޓުގައި ފާހަގަކުރައްވާފައިވެއެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއްގައި ކުރިއަށްދާނީ ދެވަނަ އަމުރާ ގުޅޭ ބައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: