ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 54 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ކްރިމިނަލް ކޯޓު އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ 54 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި ޙުކުމްކޮށްފައިވަނީ މިހިނގާ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. އެގޮތުން މި މައްސަލައިގައި ހުކުމްކޮށްފައިވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކާމެދު އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހެއްގެ މައްޗަށެވެ.

މި މައްސަލައިގައި ހައްޔަރުކުރީ 51 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ 2022 ސެޕްޓެމްބަރު 3 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 އިންނެވެ.

އޭނާ ބަންދުގައި ތިން އަހަރު ހުރުމުން، އިތުރަށް ތަންޒީފުކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމް ކަމަށް ހުކުމުގައިވެއެވެ.

މި މައްސަލައިގެ ފުލުހުންގެ ތަހުގީގު ނިންމަައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ 2022 އޮކްޓޫބަރު 18 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: