ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމީމަށް ހަމަލާދިން މީހުން ސަލާމަތްވެއްޖެ

ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ޙަމަލާދިން މައްސަލައިގައި އުފުލާފައިވާ ދައުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން 7 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެއީ ޝަމާލް ހުސައިން (21 އ)، މުސްތަރީގެ، ތ. ގާދިއްފުށި، ޒަޔާން ނަސީރު (23 އ)، ކެމީހިޔާ، އދ. މާމިނގިލި، އަބާން އަބްދުލްހައްނާން (23 އ)، ރުވާ، ތ. ދިޔަމިގިލި ރަޖުވާން ލަތީފު (22 އ)، މުރިނގު، ލ. މާމެންދޫ، މިދުހަތު އާދަމް (24 އ)، ރިވެލި، ރ. އަލިފުށި، މުހައްމަދު ޖަޒްލާން (22 އ) ތުނޑި، ޖަވާހިރުވިލާ، ލ. ގަން އަދި އަހުމަދު މައިސާން ހާޝިމް (20 އ) ދަފުތަރު ނަންބަރު ދރ. 2247، ކ. މާލެއެވެ.

މި މައްސަލަ ސާބިތުނުވާކަމަށް ޙުކުމްކޮށްފައިވާ މައިގަނޑު ސަބަބުތަކަށް ބަލާއިރު، ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވުން ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ހާދިސާ ހިނގި ވަގުތާއި ހުށަހަޅާފައިވާ އެކި ފުޓޭޖުތަކުގެ ގަޑިއާ ފަރަގުހުރި ސަބަބު ދައުލަތުން ޝަރީއަތަށް ސާފުކޮށްދޭންޖެހޭ ކަމަށާއި، އެކަން ހިނގި ސަބަބު ޝަރީއަތަށް ސާފުކޮށްދީފައިނުވާކަމަށް ޙުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު، ވީޑިއޯގައިވާ ފުށުއެރުމުގެ ނަތީޖާއެއްގެ ގޮތުން ކުށުގެ އަމަލު ހިންގީ ދައުވާ ލިބޭ ފަރާތްތައް ކަމާ މެދު އެކަށީގެންވާ ޝައްކެއް އުފެދިފައިވާކަންވެސް ޙުކުމުގައި ވަނީ ފާހަގަކޮށްފައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ އިބްރާހިމް އިޙްސާންއެވެ. ޝަމީމަށް ޙަމަލާދިން މައްސަލައިގައި އޭނާވެސް ވަނީ ކޯޓަށް ހާޒިރުވެ ހެކިބަސް ދެއްވާފައެވެ.

ހެކިބަސް ދެއްވަމުން ޝަމީމް ވިދާޅުވީ، ޙާދިސާ ހިނގި ދުވަހު ކަސްރަތު ކުރައްވަން ނުކުންނެވިއިރު ދެމީހަކު މަޑުކޮށްގެން ތިބިތަން ފެނުނު ކަމަށާއި، އެމީހުން ތިބީ އެތަނުގައި ސައިކަލު ޕާކުކޮށްގެން ކަމަށެވެ. ދެމީހުންވެސް ތިބީ ހެލްމެޓު އަޅައިގެންކަމަށް ޝަމީމް ވިދާޅުވިއެވެ. އޭގެ ފަހުން ގެއަށް ވަޑައިގެންނެވުމާ ހަމައަށްވެސް ބަޔަކު ފާރަލަމުންދާކަމުގެ އިހުސާސް ކުރެވުނުކަމަށް ޝަމީމް ވިދާޅުވިއެވެ. ފަހުން ޝަމީމަށް ޙަމަލާދިނީވެސް އެދެމީހުންކަމަށް ޝަމީމް ފާހަގަ ކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ، ކަސްރަތުކޮށް ނިންމާފައި ގެއަށް އައިސް ސައިކަލު ޕާކުކޮށްފައި ވަންނަން އުޅެނިކޮށް ބާރު ސްޕީޑުގައި ސައިކަލުގައި ދެމީހަކު އައި ކަމަށާއި، އައިސް އޭގެ ތެރެއިން އެކަކު އޭނާއަށް ޙަމަލާ ދިން ކަމަށެވެ. އެ ޙަމަލާ އަމާޒުވީ ޝަމީމްގެ އަތަށްކަަން ފާހަގަކޮށް އޭނާ ވިދާޅުވީ، އަތް ނުނެގުނު ނަމަ ޙަމަލާ އަމާޒުވާނީ އޭނާގެ ބޮލަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: