ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ޕެންޝަން މަސައްކަތްތަކަށް ގިނަ އިސްލާހުތަކެއް ބޭނުންވޭ: ޑރ ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕެންޝަންގެ މަސައްކަތްތައް ރާއްޖޭގައި ހަރުދަނާކުރުމަށްޓަކައި ގިނަ އިސްލާހުތަކެއް ގެންނަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔާތު ކޮމީޓީގައި ޕެންޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ، ރާއްޖޭގައި ޕެންޝަންގެ ގޮތުގައި އުނިކުރާ އަދަދުގެ ތެރޭގައި ގައުމީ އިންޝުއަރެންސް ކޮންޓްރިބިއުޝަން ހިމެނޭކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެ ގާނޫނުތައް ވުޖޫދުވެގެން އައިއިރު އެ ވާހަކަތައް ދެކެވިފައިވާއިރު ކުރިއަރާފައިވާ ގައުމުތަކުގައި ޕެންޝަންގެ ތެރޭގައި ގިނަ ކޮމްޕޯނެންޓުތަކެއް ހިމެނޭކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ، ރަސްމީ ނަމެއް ދެވިފައިނުވީ ނަމަވެސް ރާއްޖޭގެ ޕެންޝަންގެ ތެރޭގައި ހައުސިންގ ކޮމްޕޯނަންޓެއް ހިމެނިފައިވާކަމަށާއި ހައްޖަށްވެސް ގެންދިއުމުގެ މަސައްކަތްތަކަށްވެސް ވަކި އަދަދެއް ނަގާކަމަށެވެ. އަދި މިއަދު ދުނިޔޭގެ ގައުމުތަކަށް ބަލާއިރު ސިންގަޕޫރު ފަދަ ގައުމުތަކުގައި އެ މަސައްކަތްތައް ވަރަށް ފުޅާވެފައިވާކަން ފެނިގެންދާކަމަށް މައުލޫމާތު ދެއްވިއެވެ.

މެމްބަރު ވިދާޅުވީ، ސިންގަޕޫރުގައި 34 އިންސައްތަ ނަގާއިރު އެ ފައިސާ މެދުވެރިކޮށް ގިނަ އަދަދެއްގެ ކަންކަން ކަވަރުކޮށްފައިވާކަމަށެވެ. އެގޮތުން ޒުވާން އުމުރުގައި ހައުސިންގްއަށް އިސްކަން ދީފައިވާއިރު އުމުރުން ދުވަސްވުމުން ސިއްހީ ކަންކަމަށް އިސްކަން ދޭކަމަށެވެ. އަދި އެއްފަހަރާ ނެގޭ ފައިސާވެސް ހިމެނޭކަމަށާއި ޕެންޝަން އުމުރު ހަމަވާން މަދު އަހަރުތަކަކަށް ވެފައިވާއިރު ސިއްހީ ގޮތުން ބޭނުން ޖެހޭއިރު އަމިއްލަ އަތުގައި ފައިސާ ނެތް ހާލަތުގައި ޕެންޝަންގައި ހުރި ފައިސާއިން ބޭނުން ނުކުރެވޭނަމަ އޭގެ ބޭނުމެއް އޮތްތޯ ސުވާލު ކުރެއްވިއެވެ.

ޝަމްހީދު ވިދާޅުވީ، ރާއްޖޭގައި މިއަދު ކަންކަން ހުރީ އެފަދަ ހާލަތެއްގައިކަމަށާއި އެހެންކަމުން ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: