ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ އެޕަލް ވެއާރަބަލްސްގެ ހިދުމަތް ފުރަތަމަ 6 މަސް ދުވަހު ހިލޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރާ އެޕަލް ވެއަރަބަލްސްގެ ހިދުމަތާއިއެކު ކަސްތަމަރުންނަށް ބޮޑެތި ފަސޭހަތަކެއް ވެގެން ދާނެ ކަމަށް އުރީދޫއިން ބުނެފިއެވެ.

ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި އުރީދޫގެ އެސިސްޓަންޓް މެނޭޖަރ، ޕީއާރު، މަރިޔަމް ޝިއުނާ ހަމީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ބޮޑަށް އެޕަލްއަށް ލޯބިކުރައްވާ ފަރަތްތަކެއް ކަމަށެވެ. އެގޮތުން އުރީދޫގެ ވަރަށް ގިނަ ކަސްޓަމަރުން އެޕަލް އައި ޕޯން ގެއްގުޅުއްވާކަމަށް ޝިއުނާ ފާހަގަކުރެއްވިއެވެ.

ބައެއް ހާލަތްތަކުގައި ފޯނު ނުލާ ބައެއް ކަންކަން ކުރަންޖެހިފައިވާއިރު މިސާލެއްގެ ގޮތުން ޝިއުނާ ފާހަގަކުރެއްވީ ކަސްރަތު ކުރައްވާ މީހުންނާއި، މަސްވެރިކަމަށް ނިކުންނަ މީހުންނާއި އަދި ދަތުރުދާ މީހުނަށް ފޯނާއި އެކު މިކަންކަން ކުރުމަށް އުނދަގޫތަކެއް ވުމެވެ. ޝިއުނާއި ވިދާޅުވީ އެހެންކަމުން އުރީދޫއިން މުޅިން އަލަށް ރާއްޖެއަށް އެޕަލް ގަޑިން ފޯނާއި ނުލައި ގުޅޭނެ ހިދުމަތް ތައާރަފްކޮށްފައިވާ ކަމަށެވެ.

ޝިއުނާއި ވިދާޅުވީ އެ ކަސްޓަމަރަކު ގެންގުޅުއްވާ ނަމްބަރެއް އުރީދޫގެ އީ-ސިމް ޓެކްނޮލޮޖީ މެދުވެރިކޮށް ފޯނަށް އެކްޓިވޭޓް ކޮށްލުމާއިއެކު ފޯނު ގޭގައި ނުވަަތަ ހަނދާންނެތިގެން އެހެންތަނެއްގައި އޮތްނަމަވެސް ފޯނަށް އަންނަ އެސްއެމްއެސް އަދި ކޯލްތައް ގަޑިއަށް ލިބޭނެ ކަމަށެވެ. އަދި ފޯނު އެހެން ރަށެއްގައި އޮތް ނަމަވެސް އެ ހިދުމަތް މެދުކެނޑިގެން ނުދާނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

އެޕަލް ސެލިއުލަރ ހިދުމަތް އުރީދޫގެ ގުރޫޕުގައި ވެސް ދެވޭ ރާއްޖެއަކީ ތިންވަނަ ގައުމުކަމަށް ޝިއުނާ ފާހަގަކުރެއްވިއެވެ. މި މުޖުތަމައުއަކީވެސް ޓެކްނޮލޮޖީގެ ކަންކަމުގައި ވަރަށް ކުރީގައި އަބަދުވެސް އުޅޭބައެއް ކަމަށް ޝިއުނާ ފާހަގަކުރެއްވިއެވެ.

އެޕަލް ވެއާރަބަލްސްގެ ހިދުމަތް ފުރަތަމަ 6 މަސް ދުވަހު ހުރިހާ މޯބައިލް ކަސްޓަމަރުންނަށް ހިލޭ ލިބޭނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ. އަދި އެއަށް ފަހު މި ހިދުމަތަށް 199ރ. ގެ ކުޑަ ސާވިސްޗާޖެއް ނަގާ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: