ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމްއާނާއި ޒާތީކަމެއް ނެތް، އެއްވެސް މީހަކަށް ގާނޫނާއި ހިލާފުވުމުން ވަކި ގޮތެެއް ނޯންނާނެ: އިހުސާން

ކުރީގެ ކޮންޓްރޯލަރ ޖެނެރަލް ޝަމްއާން ވަހީދާއި، ހޯމް މިނިސްޓަރ އަލީ އިހުސާން/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މަގާމުގެ ނާގާއިޒް ފައިދާ ނަގައި، ރިޝްވަތު ނެގިކަމުގެ ތުހުމަތުގައި މަގާމުން ވަކި ކުރި ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދާއި ދެމެދު ޒާތީ ގޮތުން މައްސަލައެއް ދިމާވެ ގުޅުން ގޯސްވާވަރުގެ އެއްވެސްކަމެއް ހިނގާފައި ނުވާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގައި އެންމެ ރަނގަޅަށް ފަންކްޝަން ކުރަމުން ދިޔަ މުވައްސަސާ، އިމިގްރޭޝަނުގެ ވެރިޔާގެ ގޮތުގައި ހުރި ޝަމްއާނަށް މިވޭތުވެ ދިޔަ އެއް އަހަރުގެ ތެރޭގައި އާންމު ރައްޔިތުންނާއި މީޑިއާތަކުގެ ތައުރީފު ލިބުނެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުން ދިޔަ މަސައްކަތުގައި އިމިގްރޭޝަނުގެ ބޮޑު ހިއްސާއެއް އޮތް އިރު، މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ވެސް ވަނީ ޑީޕޯޓުކޮށްފަ އެވެ.

މިދިޔަ ރޯދަ މަހުގެ ދަންވަރުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ޝަމްއާން މަގާމުން ވަކިކޮށް، ހަމަ އެ ދުވަހުގެ ފަތިހު އެ މަގާމަށް ފަސީހު އައްޔަނު ކުރި އެވެ. އަދި އެރޭ ފުލުހުން ވަނީ އިމިގްރޭޝަނުގެ ތެރޭގައި ހިނގި ރިޝްވަތު ހިފުމުގެ މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށް ބުނެފަ އެވެ.

މަގާމުން ވަކިކުރިތާ 48 ގަޑިއިރުގެ ތެރޭގައި ޝަމްއާން ހައްޔަރުކޮށް، އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

ޝަމްއާން ހައްޔަރުކޮށް މަގާމުން ވަކި ކުރީ، ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި އިހުސާންގެ ނުފޫޒު އެކަމުގައި އޮވެގެންނެވެ. އަދި ބިދޭސީންގެ މަސައްކަތުގައި ޝަމްއާނަށް އެކަމުގެ ތައުރީފު ލިބޭތީ، އިހުސާން ނުރުހުންވާކަމަށް ވެސް ވާހަކަ ދެކެވެ އެވެ.

މި މައްސަލައިގައި މިއަދުގެ މަޖިލީހުގެ ޖަލްސާގައި ސުވާލު ކުރުމުން އިހުސާން ވިދާޅުވީ ސަރުކާރުގެ ސިޔާސާތުތައް ތަންފީޒު ކުރުމުގައި ޝަމްއާނާއި އެކު ވަރަށް ރަނގަޅު މަސައްކަތްތައްކެއް ކުރެވުނު ކަމަށެވެ. އަދި އެކުގައި ކުރެވުނު މަސައްކަތާއި އެކު ޝަމްއާނާއި އެކު އޮންނަނީ ވަރަށް ގާތް ގުޅުމެއްކަމަށް ވެސް ވިދާޅުވި އެވެ.

ސިޔާސަތު ތަންފީޒު ކުރުމުގައި އަޅުގަނޑުމެން ދެ މީހުން މަސައްކަތް ކުރީ ވަރަށް ވެސް އެއްކޮށް… އަދި ވަރަށް ރަނގަޅާށް..

އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގާނޫނާއި ހިލާފުވުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެކަމަށެވެ. އަދި އެފަދަކަމެއް އެއްވެސް މީހެއްގެ ފަރާތުން ފެނި، ފާހަގަކުރެވުމާއި އެކު ދައުލަތުގެ ކަމާއި ގުޅުން ހުރި ހުރިހާ މުވައްސަސާއަކުން ވެސް ތެދުވެ ކުރަން ޖެހޭ މަސައްކަތް ކުރުމުގައި އެއްވެސް ފަސްޖެހުމެއް ނުގެންގުޅޭނެކަމަށް ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ގާނޫނާއި ތައާރުޒު ވިމުން ވަކި މީހަކަށް ވަކި ގޮތަކަށް އަމަލުކޮށް، އެއްވެސް އިސްތިސްނާ ހާލަތެއް ނުގެންގުޅޭނެކަމަށެވެ.

ޝަމްއާންގެ ބަންދުގެ މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، މައްސަލައިގެ އަޑުއެހުންތައް މި ހަފްތާގައި ވަނީ ފަށާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: