ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއާ ސްވިމިންގ އެސޯސިއޭޝަންގެ ޕާޓްނަރޝިޕް އިތުރު ތިން އަހަރަށް!

ބީއެމްއެލްއާ ސްވިމިންގ އެސޯސިއޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްއޭއެމް) އާއެކު ވެފައިވާ ޤައުމީ ފެންވަރުގެ އެކްސްކްލޫސިވް ޕާޓްނަރޝިޕް އިތުރު 3 އަހަރަށް އައުކޮށްފިއެވެ.

މި އެއްބަސްވުމާއެކު ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އިން ރާއްޖޭގެ ފެތުމުގެ ކުޅިވަރު އިތުރަށް ކުރިއަރުވަން ކުރާ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތް 3 އަހަރު ދުވަހު ގައުމީ ސްވިމް ޓީމުގެ ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު އޮންނަ ޕާޓްނަރޝިޕް އައުކުރެވިގެން ދިއުމަކީ ލިބޭ ފަޚުރެއް ކަމަށާއި، ވޭތުވެދިޔަ އަހަރުތަކުގައި ފެތުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއާއެކު ޕާޓްނަރޝިޕް އައު ކުރެވުނުކަމީ ލިބުނު ވަރަށް ބޮޑު  އުފަލަކާ ހިތްހަމަޖެހުމެއް ކަމަށާއި، އަދި މިޕާޓްނަރޝިޕުގެ ސަބަބުން ދިވެހި ފެތުންތެރިންނަށާ ފެތުމުގެ ކުޅިވަރު ދިވެހިރާއްޖޭގައި ކުރިއަރުވައި، ފެތުމުގެ ކުޅިވަރުން ދިވެހިރާއްޖެއަށް ރީތިނަމާ ޝަރަފު ހޯދަން ކުރަމުންދާ މަސައްކަތަށް ބޭންކް އޮފް މޯލްޑިވްސްއާއެކު ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

2016 ވަނަ އަހަރުން ފެށިގެން ބޭންކުން ސްވިމިންގް އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، މިއީ ރާއްޖޭގައި ކުޅިވަރު ކުރިއަރުވަން ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: