ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަޝްމީރުގައި ފަތުރުވެރިންނަށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ކަޝްމީރުގައި ސަރަހައްދުގައި ހުރި ފަތުރުވެރިންގެ މަރުކަޒަކަށް ބަޔަކު ހަތިޔާރު ހިފައިގެން ވަދެ، އެތަނުގައި ތިބި ފަތުރުވެރިންނަށް ދިން ހަމަލާ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފިއެވެ.

މި ހަމަލާ ރައީސް ކުށްވެރިކުރެއްވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، އެ ޚަބަރު އަޑުއެއްސެވީ ނުހަނު ހިތާމައާއެކު ކަމަށާއި، ޙަމަލާގެ ސަބަބުން މައުސޫމު އެތައް ބަޔަކަށް ގެއްލުންވެފައިވާކަމަށެވެ.

މި ހަމަލާ ދީފައިވަނީ ޕަހަލްގާމް ސަރަހައްދުގައެވެ. މި ސަރަހައްދު އޮންނަނީ ސްރީނަގަރު ސިޓީއިން ގާތްގަނޑަކަށް 90 ކިލޯމީޓަރު ދުރުގައެވެ. މިއީ ފަތުރުވެރިންނަށް ހާއްސަ މަންޒިލެކެވެ.

މި ހަމަލާގައި ގާތަގަނޑަކަށް 26 މީހުން މަރުވެފައިވާ އިރު، އަނިޔާވި ބައެއް މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: