ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޖާގަ އިތުރުކުރުމުގެ 60 މަޝްރޫއެއް މިއަހަރު ކުރިއަށް ގެންދާނެ: މިނިސްޓަރ

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ތެރޭގައި 24 ރަށެއްގައި އާ ހޮސްޕިޓަލު އަޅަން ކުރެވި، ފަސް ސިއްހީ މަރުކަޒާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޖާގަ އިތުރުކުރުމުގެ 60 މަޝްރޫއެއް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ޅ. ނައިފަރު ހޮސްޕިޓަލް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މި ވަގުތު 19 ހޮސްޕިޓަލާއި 15 ސިއްހީ މަރުކަޒުގެ އާ އިމާރާތް އަދި އެ ތަންތަނުގެ ޖާގަ އިތުރުކުރަން 21 މަޝްރޫއެއް ހިނގަމުންދާކަމަށެވެ. މި ތަންތަނުގެ ތެރެއިން ބައެއް ތަންތަނުގައި މަސައްކަތް ފެށުމަށް މިހާރު ތަކެތި މޮބިލައިޒް ކުރަމުން އަންނަކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރައީސްގެ ވަރަށް މުހިއްމު ތަސައްވުރެއް އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް ފުޅާކޮށް، ހާއްސަކޮށް ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ލެވެލްއަށް ހިދުމަތްތައް ބަދަލުކުރުން. އެ ތަންތަނަށް ސަބް-ސްޕެޝަލިޓީގެ ހިދުމަތްތައް ތައާރަފްކުރަން އެބަޖެހޭ. އެގޮތުން ނެފްރޮލޮޖީ، ކާޑިއޮލޮޖީ، ކެތު ލެބު ފަދަ ހިދުމަތްތައް އަންނާނެ ގޮތަށް ޓާޝަރީ ފެންވަރަށް އެ ތަންތަން ތަރައްގީކުރެވިގެންދާނެ.

10 ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރަށްރަށުގެ ސިއްހީ ނިޒާމުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، ބޭނުންވާ މަރާމާތުތައް ނުކޮށް ހުރިކަމަށެވެ.

ތަރައްގީގެ މަސައްކަތްތައް ސިއްހީ ދާއިރާގައި ކުރެވިފައި ނެތްކަމަށާއި، ސިއްހީ ހިދުމަތް ދޭ ތަންތަންވެސް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައިނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރު ސިއްހީ ހިދުމަތްތައް ދެމުން އަންނަނީ ވީރާނާވެފައިވާ އިމާރާތްތަކެއްގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ސިއްހީ ހިދުމަތް ދޭ ތަންތަން ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތްތައް ނިމޭއިރު، ރާއްޖޭގެ ސިއްހީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ހާއްސަކޮށް މި މަޝްރޫއުތައް ހިންގާ ރަށްރަށުގެ ރައްޔިތުންނަށް ފައިދާ ކުރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: