ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕަރ މެޖޯރިޓީ ދިނުމުން މި ސަރުކާރަށް މަޖިލީހަށް ބިލެއްވެސް ފޮނުވާނުލެވޭ: މީކާއީލް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް ނަސީމް ފޮޓޯ/ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕަރ މެޖޯރިޓީ ދިނުމުން މި ސަރުކާރަށް މަޖިލީހަށް ބިލެއްވެސް ފޮނުވާނުލެވޭކަމަށް ގަތޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގައި މީކާއީލް ވިދާޅުވީ 20 ވަނަ މަޖިލީހަށް އަހަރެއްވީއިރު، މަޖިލީސް އޮތީ ބަންދު ބޯޑު އަޅުވާފައިކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާ، ހަފްތާއަކު ބާއްވަން ޖެހޭ 3 ޖަލްސާވެސް ނުބާއްވާކަމަށް މީކާއީލް ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތްތެއް ނެތުން އުޒުރަކަށް ހަދައިގެން ވާހަކަދައްކާއިރު، މިއީ ބަންޑާރަ ނައިބުގެ ޒިންމާއެއްކަމަށް މީކާއީލް ވިދާޅުވިއެވެ.

އެހެން ނަމަވެސް އިއްޒަތްތެރި ރައީސް އަހަރެއްވެގެންދާއިރު، 200 ބިލު އެމަނިކުފާނުގެ ވައުދުތައް ފުއްދަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަން ޖެހޭނެކަމަށާއި، ސުޕަރ މެޖޯރިޓީ ބޭނުންފުޅުވާކަމަށް ވިދާޅުވެ، އެ މެޖޯރިޓީ ރައްޔިތުން ދިނީމާ، އަހަރެއްވެގެންދާއިރު އިއްޒަތްތެރި ރައީސް ބިލެއް ފޮނުވާނުލެވޭނެ ސަރުކާރެއް ރައްޔިތުން ބޭނުންތޯ މިއަދު ހަމަ އަޅުގަނޑުމެން ހިތާ ހިތާ ސުވާލުކޮށްލަން ޖެހޭ.

މީކާއީލް ވިދާޅުވިއެވެ.

ކުރާނެ މަސައްކަތެއް، ބިލެއް ރައްޔިތުންގެ މަޖިލީހަށް ނުފޮނުވޭ ސަރުކާރެއް ރައްޔިތުން ބޭނުންތޯ ސުވާލު އުފައްދަން ޖެހޭކަމަށް މީކާއީލް ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާތައް ނުބާއްވާ، މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތްކަމުގެ ކަންބޮޑުވުން އެމްޑީޕީގެ މެންބަރުން ފާޅުކުރަމުންދާއިރު މި ކަންބޮޑުވުންތައް ރައްޔިތުންގެވެސް އެބައޮތެވެ.

މި މައްސަލައިގައި މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރަމުންދާ މަސައްކަތް ނިންމާލުމަކީ މަޖިލީހުގެ މަސައްކަތްތައް އެ ދުވަހަކަށް ނިމުމެއް ނޫންކަމަށެވެ. ކޮމިޓީގެ މަސައްކަތް ހިނގަމުންދާނެކަމަށެވެ.

އަބްދުއްރަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މައިގަނޑު މަސައްކަތްތައް ކުރަމުން ގެންދަނީ މަޖިލީހުގެ ކޮމިޓީތަކުގައެވެ. އަދި މިކަން ރައްޔިތުން ވިސްނުމަކީ މުހިންމު ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: