ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޕްރިލް 17ގެ ނިޔަލަށް ހަރަދަށްވުރެ އާމްދަނީ އިތުރު: ފިނޭންސް

މީރާ އާއި ފިނޭންސް މިނިސްޓްރީ ހިންގާ އޮފީސް؛-ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ އޭޕްރިލް 17 ވަނަ ދުވަހުގެ ނިޔަލަށް ހަރަދަށްވުރެ ދައުލަތުގެ އާމްދަނީ އިތުރުކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ހަފްތާގެ ތަފާސްހިސާބުގެ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން ކޮށްފައިވާ ހަރަދުތަކާއި އާމްދަނީގެ ތަފްސީލު ހިއްސާކޮށްފައިވެއެވެ. މިނިސްޓްރީން ބުނެފައިވާގޮތުން މި މުއްދަތަކުގެ ތެރޭގައި ބަޖެޓުން ބޭނުންކޮށްފައި ވަނީ 9.50 ބިލިއަން ރުފިޔާކަމަށެވެ. އެހެންކަމުން މި މުއްދަތުގެ ތެރޭގައި އާމްދަނީއަށް ވުރެ ހަރަދު ކުޑަކަން ފެނިގެންދެއެވެ.

އެ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ޖުމުލަ 11.68 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ޖުމުލަ ހަރަދުގެ ތެރެއިން 8.76 ބިލިއަން ރުފިޔާއަކީ ރިކަރެންޓު ހޭދަތައްކަން މިނިސްޓްރީން ހިއްސާކޮށްފައިވެއެވެ. މިއީ ނިމިދިޔަ އަހަރާއި އަޅާބަލާއިރު ދަށް އަދަދެއްކަމަށްވާއިރު ނިމިދިޔަ އަހަރު މި މަސައްކަތްތަކަށް 9.55 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަންވެސް ފިނޭންސްއިން މައުލޫމާތު ދީފައިވެއެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 743.1 މިލިއަން ރުފިޔާއެވެ.

މި މުއްދަތުގެ ތެރޭގައި ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ 9 ބިލިއަން ރުފިޔާއަށްވުރެ އިތުރުއިރު ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން ލިބިފައިވާ އާމްދަނީ 2.61 ބިލިއަނަށް އަރައެވެ. ޓެކްސް ނޫން އާމްދަނީގެ އަދަދުތައްވަނީ ނިމިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުވެފައެވެ. ނިމިދިޔަ އަހަރުގެ ތެރޭގައި މިގޮތުން ލިބިފައިވަނީ 1.84 ބިލިއަން ރުފިޔާއެވެ.

އޭޕްރިލް 17 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީގެ ގޮތުގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ޓްރާންސްޕޯޓު ދާއިރާގެ މަސައްކަތްތަކަށެވެ. އެ ދާއިރާ ހަރަދުނާކުރުމުގެ ގޮތުންނާއި ވަސީލަތްތައް ބިނާކުރުމުގެ ގޮތުން 407.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ދެވަނައަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތްތަކަށެވެ. މި ދާއިރާއިން 144 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ސަރުކާރުންވަނީ ރާއްޖޭގެ ވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް 88.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިކަމަށްވާއިރު ހައުސިންގް މަސައްކަތްތަކަށް 56.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަންވެސް ހިއްސާކޮށްފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: