ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުން ފަތުރުވެރިކަމަށް އަސަރު ކުރާކަން ފާހަގަވެފައި ނެތް: ތޯރިގު

ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ތޯރިގު އިބްރާހީމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލު ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރުމުން ނިންމި ނިންމުން ތަންފީޒު ކުރަން ފަށާފައިވާއިރު، އޭގެ ސަބަބުން ފަތުރުވެރިކަމަށް އެއްވެސް ގެއްލުމެއް ލިބޭނެކަމަށް ނުބެލެވޭކަމަށް ޓޫރިޒަމް އެންޑް އެންވައިރޮމެންޓް މިނިސްޓަރ ތާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މި އިސްލާހާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުންތަކަށް ހާޒިރުވެ ދާއިރާގެ ބައެއް ޖަމިއްޔާތަކާއި ޖަމާއަތްތަކުން ވަނީ، ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ގައުމަކުން މި ނިންމުން ނިންމައިފި ނަމަ، ގެއްލުންތައް ލިބޭނެކަމަށް ބުނެފަ އެވެ. އަދި ފަތުރުވެރިކަމުގެ އަދަދުތަކަށް ޖުމްލަ ގޮތެއްގައި އަސަރު ކުރާނެކަމަށް ވެސް ބުނެފައި ވެއެވެ.

އެ ވާހަކަތަކަށް ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވިއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ތޯރިގު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުން އޭގެ އަސަރު ތަފާސްހިސާބުތަކުން ނުފެންނަކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު މަދުވެފައިވާކަމަށް ފާހަގަނުވާކަމަށް ވެސް ވިދާޅުވި އެވެ.

މޭޖަރ އިމްޕެކްޓެއް.. ނުވަތަ އަންނަ ފަތުރުވެރިން މަދުވެ އެކަހަލަކަމެއް ނެތް އަދިއެއް.. މި ދެންނެވިހެން ރާއްޖެއަށް ފިޔަވަޅު އަޅައި، ރާއްޖެއަށް ނައުމަށް ގޮވާލައި، މިކަހަލަކަމެއް ނެތް..

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތަފްސީލުތައް އަބަދުވެސް ގާތުން ބަލަމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ނިންމި ސަބަބު ސަރުކާރުން ދަނީ ރާއްޖޭގައި ތިއްބެވި ޑިޕްލޮމެޓިކް މިޝަންތަކާއި ބޭރުގައި ތިއްބެވި މިޝަންތަކާއި ހިއްސާ ކުރަމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: