ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކުރެވުނުކަމެއް ނެތް: ހުސެއިން ޝަރީފް

މެމްބަރު ހުސައިން ޝަރީފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ދައުރުގައި ހިޔާ ފްލެޓުތައް ނުނިންމާ ރައްޔިތުންނާއި ހަވާލުކޮށްލުމުން ނުކުމެގެން އައި ނަތީޖާތައް ފެނިގެންދާކަމަށާއި އަދިވެސް އެ ސަރަހައްދުގައި އެހެނިހެން އަސާސީ ހިދުމަތްތައް ފުރިހަމަކުރެވިފައިނުވާކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މެމްބަރު ޝަރީފް ވަނީ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. މެމްބަރު ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލުން ކަމެއް ރަނގަޅަށް ކުރިއަށް ގެންދިއުމުގެ ނިޔަތެއް އޮތްކަން ހާމަވާކަމަށެވެ. އަދި ވިދާޅުވީ ފެހި ގާނޫނުއަސާސީ ވުޖޫދަށް އައުމާއިއެކު ގިނަ ހައްގުތަކެއް ކަށަވަރުވެގެންދާނެކަމުގެ ޔަގީންކަން އޭގެން ލިބޭ ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެކަންކަން ހާސިލުވެފައިވޭތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

މެމްބަރު ވަނީ ރައްޔިތުންގެ ޝަކުވާތަކުގެ އަޑުތައް ކެނޑި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުވެފައިވޭތޯ ސުވާލުކުރައްވާފައެވެ. ޝަރީފް ވިދާޅުވީ، ކޮންމެވެސް ވަރަކަށް ކަންކަން ކުރިއަށް ގޮސް، ފެހި ގާނޫނުއަސާސީގެ ވާހަކަތައް ސިޔާސީ ގޮތުން ދައްކާއިރު ފޮނިމީރު ކަމެއްގެ ވާހަކަތައް އިވިގެންދާކަމަށެވެ. އަދި ވިދާޅުވީ، ގާނޫނު ހަދާ މަޖިލީހުގެ ބޭނުން އަދި ސަރުކާރެއް ބަދަލުކޮށްގެން ނަމަވެސް ރައްޔިތުން އެދެެނީ ބޭނުންވާ ކަންކަން ވެގެންދިއުމަށްކަމަށެވެ.

އެހެންކަމުން އަދުގެ ސަރުކާރުގެ ވިސްނުމަކީ ކަމެއް ކުރުމަށްޓަކައި ބޭނުންވާ ފުރަތަމަ މަރުހަލާ ކަޑައްތުކުރުންކަމަށް މެމްބަރު ވަނީ ވިދާޅުވެފަ އެވެ. އަދި ބޯހިޔާވަހިކަމާއި ބެހޭ ގާނޫނެއް ހުށައަޅާފައިވަނީ އެ ސަބަބަށްޓަކައިކަން ހިއްސާކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، އެންމެ ބޮޑު މައްސަލައެއް ދިމާވެފައިވަނީ މާލެ ސަރަހައްދަށްކަމަށެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ ބޮޑު ނިސްބަތެއް ދިރިއުޅެމުންދަނީ މި ސަރަހައްދުގައިކަން ފާހަގަކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، ކޮންމެ އަހަރެއް ފެށިގެންދިއުމާއިއެކު އެތައް އާއިލާއެއް ތައުލީމުގެ ބޭނުމުގައި މާލެ ސަރަހައްދަށް ބަދަލުވާކަންވެސް އެނގޭކަމަށާއި އެއީވެސް ނިމުމެއް އައިސްފައިނުވާކަމެއްކަން ސާފުވާކަމަށެވެ.

މެމްބަރު ވިދާޅުވީ، ބޯހިޔާވަހިކަން ލިއްބައިދިނުމަކީ ހުރިހާ ސަރުކާރަކުންވެސް ރައްޔިތުންނަށް ވެފައިވާ ވަރަށް ބޮޑު ވައުދެއްކަމަށެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންމެ އިސް އެއް ވައުދަކީވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުންކަމަށް އަލިއެޅުއްވިއެވެ. މެމްބަރު ވިދާޅުވީ، ރައީސް ޑރ މުއިއްޒު މަސައްކަތްފުޅު ކުރައްވަމުންދަނީ އެ ވައުދުގެ މަތީގައިކަމަށެވެ.

ޝަރީފް ވިދާޅުވީ، ހުޅުމާލެއަކީ މާސްޓާރ ޕްލޭނެއް ހެދި ވަރަށް ރަނގަޅު ތަސައްވުރެއްގެ މަތިން ބިނާކުރެވިފައިވާ ތަނެއްކަމަށެވެ. އަދި ފޭސް ދެއެއްގެ ހިޔާ ސަރަހައްދު ބިނާކުރެވިގެންދިޔައީ ދިވެހި ރައްޔިތުންގެ ހިއްހަމަޖެހުމަށްޓަކައިކަމަށްވާއިރު ރައްޔިތުން އެދޭ ހިތްހަމެޖެހުން ލިބިގެންދޭތޯ ސުވާލުކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، އެ ހިތްހަމެޖެހުން ނުލިބޭކަމަށާއި އިމާރާތްތައް ނުނިމެނީސް އެމްޑީޕީގެ ދައުރުގައި ރައްޔިތުން އަމިއްލައަށް ތަންތަން ހަދައިގެން ވަންނަން ދޫކޮށްލުމުން ކަންކަންވެގެންދިޔަ ގޮތް އެންމެނަށްވެސް އެނގޭނެކަމަށެވެ. މެމްބަރު ވިދާޅުވީ އެއް މެދު އިމާރާތެއްގައި ސޯޝަލް ހައުސިންގް އުސޫލުން ރައްޔިތުން ދިރިއުޅެމުންދާއިރު ނުކުންނަ ނަތީޖާވެސް މިހާރު ފެނިގެންދާކަމަށެވެ. އެގޮތުން އިންތިހާއަށް ގިނަ ޝަކުވާތައް ހުރިކަމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެހެނިހެން އަސާސީ ހިދުމަތްތައް އެތަނުގައި ގާއިމުކުރެވިފައިނުވާކަމަށް މައުލޫމާތު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: