ދިރާގުން މި ރަމަޟާން މަހު ކުރިއަށްގެންދިޔަ ކަރާ ފަޅައިގެން އިނާމު ހޯދުމުގެ ޕްރޮމޯޝަނުގެ އެންމެ ހާއްސަ އިނާމުކަމުއިވާ ސްވިޓްޒަރލޭންޑް ދަތުރުގެ ނަސީބުވެރިޔާއަށް އިނާމު ހަވާލުކޮށްފިއެވެ.
މި އަގުހުރި އިނާމް ލިބުނު މުހައްމަދު އިއުތިމަން އަލީ އަށް އިނާމް ހަވާލުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގައި، ދިރާގުގެ އިސް ވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި އަހަރުގެ ރަމަޟާން މަހު ދިރާގުން ވަނީ ކޮންމެ ދުވަހަކު ދިރާގުއެޕްއިން ކަރާ ފަޅައިގެން 2 ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ދިރާގު މޯބައިލް ކަސްޓަމަރުންނަށް ހުޅުވައިލައިފައެވެ. އަދި، ވަކި އަދަދަކަށް ކަރާ ފަޅައިގެން، ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ. މި އިނާމުތަކުގެ ތެރޭގައި، 10 ޖީބީ ހިލޭ ޑޭޓާ، އެއަރޕޮޑްސް، ސެމްސަންގ އެސް 25 ފޯން، 1 ޓީބީ ހިލޭ ޑޭޓާ އަދި ސްވިޓްޒަރލޭންޑަށް ޗުއްޓީ ދަތުރެއް ހިމެނެއެވެ.
އިނާމުގެ ނަސީބުވެރިޔާ އިއުތިމަން ހިއްސާކުރި ގޮތުގައި ދިރާގު ކަސްޓަމަރަކަށް ވުމުގެ ސަބަބުން ލިބިގެން ގޮސްފައިމިވަނީ ވަރަށް އަގުހުރި އިނާމެކެވެ. އަދި މި ކަމަށްޓަކައި ދިރާގަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ދިރާގުން ދަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފަދަ ތަފާތު ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ކަސްޓަމަރުންނާ ހަމައަށް އަގުހުރި އިނާމުތަކާއި އުފާވެރި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.

