ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނާއި ހިލާފުވާ ބްރޯޑްކާސްޓަރުންނަށް ފިޔަވަޅު އަޅާނަން : ބްރޯޑްކޮމް

ޝެއާރކޮށްލާ ކަހަލަދޯ؟

ބްރޯޑްކާސިޓުންގ ގާނޫނާއި ހިލާފުވާ ބްރޯޑްކާސްޓަރުންނަށް ގާނޫނީ އިމުގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފިއެވެ.

މާލެ ސަރަހައްދުގައި ކުރަމުންދާ މުޒާހަރާތަށް އެއާ ކުރާ ދުވަސްވަރަކަށް ވުމާއިއެކު ބްރޯޑްކޮމްއިން ވަނީ މިކަމާއި ގުޅިގެން އިއުލާނެއް މިއަދު ނެރެފައެވެ. އެގޮތުން، އިއުލާނުގައި ބުނެފައިވާގޮތުން، ދިވެހިރާއްޖޭގައި ބްރޯޑްކޮމްއިން ލައިސެންސް ދޫކޮށްފައިވާ ބްރޯޑްކާސްޓަރުންނަށް ދިވެހިރާއްޖޭގައި ބާއްވާ މުޒާހަރާ އަދި އެއްވުންތުގައި ބްރޯޑްކާސްޓުކުރަންވީ އުސޫލުތައް ބަޔާންކޮށްފައިވާނެކަމަށެވެ.

އެ ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވަނީ، ބްރޯޑްކޮމްއިން އެކުލަވައިލައިފައިވާ، ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު) އަކީ ހުރިހާ ވަގުތެއްގައިވެސް ބްރޯޑްކާސްޓަރުން، އެ ކޯޑުގައި ބަޔާންކޮށްފައިވާ މިންގަނޑުގެެ މަތިން އަމަލުކުރަންޖެހޭ މިންގަނޑެއް ކަމަށެވެ. އެހެންކަމުން، އެ މިންގަނޑާއި ހިލާފުވާ ފަރާތްތަކަށް ބްރޯޑްކާސްޓިންގ ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅިގެންދާނެ ކަމަށް އެ ކޮމިޝަނުން ބުނިއެވެ.

މި ގާނޫނުތަކާއި ގާނޫނުތަކުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި ހިލާފުވާ ބްރޯޑްކާސްޓަރުންނާއި މެދު ގާނޫނީ އިމުގެ ތެރެއިން، މި ކޮމިޝަނުން ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ، އެ ކޮމިޝަނުން ބުނިއެވެ.

މުޒާހަރާތަކާއި އެއްވުންތައް ފަދަ ކަންކަން ބްރޯޑްކާސްޓުކުރުމުގައި ގާނޫނު ނަންބަރު 1/2013 އަދި 16/2010 ގެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ މިންގަނޑާއި ހިލާފުނުވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުން އަމަލުކުރުމަށް އެ ކޮމިޝަނުން އަނގައިފައިވެއެވެ.

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: