ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ އިސްކަމެއް ދީގެން ސަރުކާރުން އެދިފައިވަނީ މަސްތުވާތަކެއްޗާއި ރޭވިގެން ހިންގާ ކުށްތަކުގެ މައްސަލަ ހައްލުކުރަން: ސީޕީ ޝުޖާއު

ސީޕީ ޝުޖާއު : ފޮޓޯ/ ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

މި ދައުރުގައި އެންމެ އިސްކަމެއް ދީގެން ސަރުކާރުން ހައްލުކުރަން އެދިފައިވަނީ މަސްތުވާތަކެއްޗާއި ރޭވިގެން ހިންގާ ކުށްތަކުގެ މައްސަލަކަމަށް ސީޕީ އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސީޕީ ޝުޖާއު ވިދާޅުވީ، ރައްޔިތުންގެ ޓެކްސް ފައިސާއިން ފުލުހުންގެ މުއައްސަސާއަށް ބޮޑު އަދަދެއް ކޮންމެ އަހަރެއްގައިވެސް ހޭދަކުރާއިރު ރައްޔިތުނަށް ދިމާވާ ދަތިތަކަށް އެކަށީގެންވާ ހައްލެއް ހޯދައިނުދެވޭކަމަކީ އެ ހިދުމަތާއިމެދު ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުން އުފެދިފައިވާ މައްސަލައެއްކަމަށެވެ.

ހާއްސަ ގޮތެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ބޭނުންކުރުމާއި އޭގެން ވިޔަފާރިކުރާ މީހުން އަތުނުލެވިދާ ކޮންމެ ދުވަހަކީވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމެއްކަމަށް ހިއްސާކުރެއްވިއެވެ. ސީޕީ ވިދާޅުވީ، އެކި ބާވަތްތަކުގެ ކުށްތައްކުރާ ބޮޑެތި ގުރޫޕުތައް އުފެދި އެ ގުރޫޕުތަކަށް ކުޑަކުދިން ވައްދައި އިސް މީހުންނަށް މަންފާވާގޮތަށް އެ ކުދިން ބޭނުންކޮށްގެން މުއްސަނދިވެފައިވާ ގުރޫޕުތަކުގެ ލީޑަރުންގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރެވޭކަމަށް ވުމުންވެސް ފުލުހުނާއިމެދު އޮންނަ ޔަގީންކަމާއި އިތުބާރު ކުޑަވެގެންދާކަމަށެެވ.

ޝުޖާއު ވިދާޅުވީ، އެ މައްސަލަތައް ހައްލުކުރުމަށްޓަކައި ކޮންމެ ދައުރެއްގައިވެސް މަސައްކަތްތަކެއް ކުރެވޭކަމަށެވެ. ނަމަވެސް ރައްޔިތުން އެދޭ ފަދަ ހައްލުތަކެއް އައިސްފައިނުވާކަމަށާއި މި ދައުރުގައި ފުލުހުންގެ މަސައްކަތްތައް ތަރުތީބުކުރެވިގެންދާއިރު އެންމެ އިސްކަމެއް ދީގެން ހައްލެއް ހޯދުމަށް ސަރުކާރުން އެދިފައިވަނީ މަސްތުވާތަކެއްޗާއި ރޭވިގެން ހިންގާ ކުށްތައް މަދުކޮށް މީހުން ދެނެގަނެ ތަހުގީގުތައް ހަރުދަނާކޮށް އެފަދަ މީހުންނަށް ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދިނުމަށްޓަކައި ފުލުހުން ކުރަންޖެހޭ މަސައްކަތްތައް ކޮށްދިނުމަށް ކަމަށެވެ.

ސީޕީ ވިދާޅުވީ، އެ ވިސްނުން ހިމެނޭގޮތަށް ސަރުކާރުން ތައްޔާރުކޮށްފައިވާ ސްޓްރެޓީޖިކް ޕޮލީސިންގެ ވިސްނުން ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިފައިވާކަމަށާއި އެއާއިއެކު 2024 ވަނަ އަހަރުން ފެށިގެން 2028 ވަނަ އަހަރުގެ ނިޔަލަށް އެކަލަވާލައި ތަންފީޒުކުރަން ފަށާފައިވާކަމަށެވެ. އަދި އިސްވެ ދެންނެވި މައްސަލައަށް ހައްލުތަކެއް ގެނައުމަށްޓަކައި މި ދައުރުގައި ފެށި މަސައްކަތްތަކަކީ ކުށްކުރާ ނެޓްވޯކްތަކުގައި އުޅެފައިވާ މީހުންނާއި މިހާރުވެސް ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިފައިވާ މުއްސަނދިކަމަކީ ކިހިނެއް ލިބުނު މުއްސަނދިކަމެއްތޯ ބަލައި އެމީހުންނަށް އަމާޒުކޮށްގެން ފައިނޭންޝަލް އިންވެސްޓިގޭޝަންތަކެއް ފެށުންކަމަށެވެ.

ސީޕީ ވިދާޅުވީ މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން ބޮޑެތި ކާމިޔާބުތައް ހާސިލުކުރެވިފައިވާކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން މީގެ ކުރިންވެސް ނެޓްވޯކްތަކުގައި އުޅެ ފައިސާ ހޯދައިވާނަމަ އެކަން ދެނެގަނެ އެފަދަ މީހުންގެ މައްސަލަތައް ބަލައި ތަހުގީގުކުރެވޭނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: