ސުޕަރނެޓްގެ ހިދުމަތާއިއެކު ސްމާޓްހޯމް ބަންޑަލްއެއް ނެގުމުގެ ފުރުސަތު އުރީދޫއިން ހުޅުވައިލައިފިއެވެ.
ސަންގުޓީވިއަށް މައުލޫމާތު ދެއްވަމުން އުރީދޫގެ އެސިސްޓަންޓް މެނޭޖަރ، ޕީއަރު މަރިޔަމް ޝިއުނާ ހަމީދް ވިދާޅުވީ މިފަހުން ސްމާޓަރ ހޯމް ލޯންޗުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ކެމެރާއާއި، ސްމާޓް ޑޯބެލްއަކާއި އަދި ފުޓޭޖް ރެކޯޑް ކުރުމަށް ކްލައުޑް ސާވިސްވެސް މި ޕެކްގައި ހިމެނިގެން ދާނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ. ސުޕަރނެޓް ހިދުމަތާއިއެކު މިހާރު ތިބި ކަސްޓަމަރުންނަށާއި އަދި އަލަށް ސުޕަރނެޓް ނަންގަވާ ފަރާތްތަކަށްވެސް އެ ބަންޑްލް ނެގުމުގެ ފުރުސަތު އޮތް ކަމަށް ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވީ ވަރަށް ގިނަ ފަރާތްތަކުން ގޭގައި ކުދިން ބައިތިއްބާފައި ނުވަތަ، ކުއްޖާ ބަލަހައްޓަން ގެނެސްފައި ހުންނަ މީހާގާތު އެކުއްޖާ ބަހައްޓާފައި ދިޔަނަމަވެސް ނުވަތަ މަންމަމެން ގޭގައި ބަހައްޓައިފައި ދާނެ ޖެހޭ ފަހަރުތައް ދިމާވާ ކަމަށެވެ. ބޭރުގައި އުޅޭ އިރު ނުވަތަ ރާއްޖެއިން ބޭރުގައި އުޅޭ ވަގުތުތަކުގައިވެސް ގޭގައި އުޅެނީ އުޅެންޖެހޭ މީހުންތޯ ބަލާ، އެއްވެސް ކަމެއް ދިމާވޭތޯ ދޭތެރެއަކުން ޗެކްކޮށްލާ ބަލާލެވޭނެ ކަމަށް ވިދާޅުވިއެވެ.
އުރީދޫގެ ސްމާޓަރ ހޯމް ޕެކޭޖާއިއެކު ކޮނަމެ ތަނެއްގައި ހުރެގެންވެސް ގޭގައި ހިނގާ ކަންތައްތައް ބަލައިލެވޭނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ. މިހާރަށް ބަލާއިރު އެންމެންވެސް ވަރަށްބޮޑަށް ރައްކާތެރިކަން އިސްކޮށް އަމިއްލައަށްވެސް މި ހިދުމަތްތައް ހޯދަމުންދާ ކަމަށް ޝިއުނާ ފާހަގަކުރެއްވިއެވެ. އުރީދޫއިން ފޯރުކޮށްދެނީ ޓޯޓަލް ސޮލިއުޝަންއެއް ކަމަށާއި ސުޕަރނެޓް ހިދުމަތާއިއެކު އެޑްއޮންއެއްގެ ގޮތުގައި ސްމާޓްޑިވައިސަސްތައް ތައާރަފްކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރަށް ޝިއުނާ ވިދާޅުވީ މި ހިދުމަތަށް އަދިވެސް އިތުރު ޑިވައިސްތައް އަންނާނެ ކަމަށެވެ.

