މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ހެނދުނު ކ. ދޫނިދޫގައި ގިނަ އަދަދެއްގެ ސިނގިރޭޓް ނައްތާލައިފިއެވެ. މި ތަކެއްޗަކީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސްގެ ބަލައި ފާސްކުރުމުގެ ތެރެއިން ހިފެހެއްޓިފައިވާ ތަކެއްޗެވެ.
ނައްތާލެވުނު ސިނގިރޭޓްގެ ޖުމްލަ އަގަކީ އެއް މިލިއަން ތިން ސަތޭކަ ފަންސާސް ނުވަހާސް އެއް ސަތޭކަ އަށްޑިހަ ރުފިޔާއެވެ. މި ތަކެތި ހިފެހެއްޓިފައިވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ތިންވަނަ އަދި އަށްވަނަ ބާބާ ޚިލާފުވާ ގޮތަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށެވެ.
ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން، ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގެ އިޚްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން، ދުންފަތުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި، ޕެކެޓްކޮށް ބަންދުކުރުމާއި، ލޭބަލްޖެހުމުގައި ވަކި ޚާއްސα ހަމަތަކެއް ހިފަހައްޓަންޖެހެއެވެ. އަދި މި ބާވަތުގެ ތަކެތި އެތެރެކުރުމަށް ޚާއްސα ހުއްދައެއް ނަގަންޖެހެއެވެ.

