ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރާޅުމައްޗަށް މީހަކު ވެއްޓުނު ހާދިސާ ރައީސް އުޅުއްވަނީ ސިޔާސީ ކުރަން: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރާޅުމައްޗަށް މީހަކު ވެއްޓުނު ހިތާމަވެރި ހާދިސާ ބޭނުމެއް ނެތް ގޮތެއްގައި ސިޔާސީ ކުރައްވަން ރައީސް ޑރ މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީކާއިލް ވިދާޅުވި ގޮތުގައި، ފުލުހުންގެ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މިހާރު ދިމާވެގެން އުޅޭ މައްސަލައިގައި ޒުވާނުން މަގުމައްޗަށް ނެރެނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށެވެ. ނަމަވެސް މީކާއިލް ވިދާޅުވީ އެކަން ހިނގާފައިވަނީ އެހެން ނޫން ކަމަށެވެ.

”ވަލީއުލް އަމްރަކަށް ހުންނެވި ބޭފުޅެއް ވަރަށް ބޮޑަށް ވިކްޓިމް ބްލޭމްކުރަން އެ ކުރައްވާ މަސައްކަތްޕުޅަކީ އެކުރައްވާ މަސައްކަތްޕުޅުގެ މަގާމަށްވެސް ހައިސިއްޔަތައްވެސް ވަރަށް ގުޅުމެއް ނެތް ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަވަނީ“ މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވި ގޮތުގައި ޒުވާނުންތަކެއް މަގުމައްޗަށް ނިކުންނަން ޖެހުނީ އެމްޑީޕީން ދެކޭގޮތުގައި ފުލުހުންގެ ފަރާތުން ބޮޑެތި އިހުމާލުތަކެއް އޮތްކަމަށް ޒުވާނުންނަށް ފާހަގަވެގެން، އެމީހުން ލީޑުކުރާ މޫވްމަންޓެއްގެ ގޮތުގައެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ 21 އަހަރުގެ ރައުދު އަޙްމަދު ޒިލާލް ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އަދި މައްސަލައިގައި ޝާމިލްވާ 7 މީހުންގެ ފޯނުތައް ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓާފައެވެ. ނަމަވެސް ފުލުހުން ހިއްސާކޮށްފައިވާ މަޢުލޫމާތަކީ ސައްހަ މަޢުލޫމާތު ނޫންކަމަށް ބުނެ ޒުވާނުން ދަނީ އަޑުއުފުލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: