ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ގޮތުން ޙިޔާލު ތަފާތުވުމުގެ ޤާފިލްކަމުން ހޭލާންވެއްޖެ: މުހައްމަދު އިސްމާއިލު

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސިޔާސީވެރިންގެ އަމިއްލައެދުން ދޫކޮށް، ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމުގެ ޤާފިލްކަމުން ހޭލަން އެބަ ޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިފަދައިން މުހައްމަދު އިސްމާއިލް ވިދާޅުވެފައިވަނީ، 21 އަހަރުގެ އަންހެނަކު ބިލްޑިންގއަކުން ވެއްޓުނު ހާދިސާއާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ”ދިވެހިރައްޔިތުން ކުރިމަތިލާ ހައްސާސް އަދި ނުރައްކާތެރި ޙާދިސާތަކުގެ މައުލޫމާތު އޮޅުންބޮޅުން އަރާ ފަދައިން ވާހަކަ ފަތުރާ މީހުންގެ ނާތަހްޒީބީ އަމަލުތައް ހުއްޓާލަން ޖެހޭ“ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭޕްރިލް 18 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގެ ހަގީގަތް ހޯދަން ޖެހޭކަމަށް ފާހަގަކުރައްވަމުން، މީގެ 40 އަހަރު ކުރިން ދިވެހިންގެ މެދުގައި އޮތް ރިވެތި އާދަކާދަތައް އަލުން އާލާކުރަން ޖެހިފައިވާ ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ކުރިއަށް އޮތް ޖީލަށް ދިވެހިރާއްޖޭގެ މުސްތަގްބަލް ހަވާލުކުރެވޭއިރު، ދިވެހިރާއްޖެއަކީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ތަބާވެ، މަސްތުވާތަކެއްޗާއި ކުށްކުރުމުން ދުރުހެލިވެ، އެކަކު އަނެކަކަށް އޯގާތެރިވެ އިހްތިރާމްކުރާ ބަޔަކަށް ވާން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑިމޮކްރަސީ ނިޒާމަކީ އިސްލާމީ އުސޫލުތަކާ ދުރުހެލި ސިޔާސަތުތަކެއް އެކުލެވޭ ނިޒާމެއްކަމަށް ދެކުމަކީ، ދިވެހިރާއްޖޭގެ ސައްތައިން ސައްތަ މުސްލިމު ރައްޔިތުންގެ ތެރޭގައި ފާހިޝް އަމަލުތައް އިތުރުވެ، ކާބަފައިންގެ ފުށުން ދަސްވި ރީތި އުސޫލުތައް ނެތިގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށްވެސް މުހައްމަދު އިސްމާއިލް ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: