ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ހިންގި ޕްރޮޖެކްޓުތަކަށް ސަރުކާރުން މިހާތަނަށް ފައިސާ ނުދޭ: ބިގޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓުތަކަށް ދޭންޖެހޭ ފައިސާ މިހާތަނަށް ދައްކާފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބިގޭ ވިދާޅުވީ، ސަރުކާރުން އެއްވެސް ޕްރޮޖެކްޓެއް އަމިއްލަ ކުންފުނިތަކަށް ނުދޭ ކަމަށާއި، ކޮށްފައިވާ މަސައްކަތްތަކަށް ދޭންޖެހޭ ފައިސާ ނުދޭކަމަށެވެ. މިކަމުގެ ސަބަބުން ގިނަ ކުންފުނިތަކަށް މުވައްޒަފުންނަށް މުސާރަ ނުދެވި، ބަނގުރޫޓުވެ ފަނާވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ބިގޭ ވިދާޅުވީ، ސިޔާސީ ބޭނުމަށް ތަން ނެތް މިންވަރަށް، ނުވަތަ އާމްދަނީއަށް ނުކަތާ މިންވަރަށް އިގްތިސާދު ފުނޑިގެންދާ ވަރަށް ސަރުކާރުން ވަޒީފާ ދެމުންދާ ކަމަށެވެ. އަދި ސަރުކާރުގައި ތިބީ ކިތައް މުވައްޒަފުންކަމެއް ނުވަތަ މުސާރައަށް ހޭދަވަނީ ކިހާވަރެއްކަމެއްވެސް ސާފުނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”ކޮންމެ ރައްޔިތަކަށްވެސް ބަނޑުފުރާނަ މުއްތިކުރަން ކައިގެން ބޮއިގެން އުޅެން ޖެހޭނެ. އަލިކަންވެސް ބޭނުންވާނެ. ސަބްސިޑީއަށް އުނިކަން އައިސްފައިވާ މިންވަރުން އަސަރުތައް ކުރަމުންދޭ،“ ބިގޭ ވިދާޅުވިއެވެ.

އެކި ސިނާއަތްތަކުގެ ހާލަތު ގޯސްވަމުންދާކަން ފާހަގަކުރައްވަމުން ބިގޭ ވިދާޅުވީ، ސަރުކާރުން ޓެކްސީގެ ޚިދުމަތުގެ ތެރެއަށް ވަންނަމުންދިއުމާ ގުޅިގެން އެ ޚިދުމަތް ދޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ އަޑު އިވެމުންދާ ކަމަށެވެ. އަދި ސިއްޙީ ދާއިރާއިން ބޭސް ލިބުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި، ސިޔާސީ ނުފޫޒުގެ ސަބަބުން ސަރުކާރާ ޚިޔާލު ތަފާތުވާ ފަރާތްތަކަށް ވަޒީފާގައި މިނިވަންކަމާއެކު ތިބުމުގެ ފުރުސަތު ނެތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: