ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުލަކު އެއާޕޯޓް މަޝްރޫއު ނިމި ޓެސްޓު ފުލައިޓު ޖައްސައިފި

މ. މުލަކު އެއާޕޯޓުގައި ޓެސްޓު ފުލައިޓު ޖެއްސުން --- ފޮޓޯ: މިނސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މ. މުލީގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓް މަޝްރޫއުގެ މަސައްކަތްތައް ނިމި، މިއަދު އެ އެއާޕޯޓަށް ޓެސްޓް ފްލައިޓެއް ކާމިޔާބުކަމާއެކު ޖައްސާލައިފިއެވެ. މިކަން ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެށުނު މި މަޝްރޫއުގެ މަސައްކަތްތައް މިހާރު ވަނީ ފުރިހަމައަށް ނިމި، އެއާޕޯޓް ހުޅުވުމަށް ތައްޔާރުވެފައެވެ. ސަރުކާރުން މިހާރު ދަނީ މި މަހުގެ 31 ވަނަ ދުވަހު ނުވަތަ އަންނަ މަހުގެ ފުރަތަމަ ދުވަހު އެއާޕޯޓް ހުޅުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ.

”އެންމެ ފަސްވެގެން އަންނަ މަހުގެ ފުރަތަމަ ދުވަހު އެއާޕޯޓް ހުޅުވާނެ،“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ. އެމަނިކުފާނުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން އެއާޕޯޓް ހުޅުވުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

2021 ވަނަ އަހަރުގެ އޮގަސްޓް މަހު ފެށުނު މި މަޝްރޫއަކީ މ. އަތޮޅުގައި ތަރައްގީކުރެވުނު ފުރަތަމަ އެއާޕޯޓެވެ. 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްގީކޮށްފައިވާ މި އެއާޕޯޓުގެ މަޝްރޫއަށް ސަރުކާރުން ވަނީ 221 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

އަސްލު ޕްލޭންގައި 2023 ވަނަ އަހަރުގެ މެދުތެރޭގައި ޚިދުމަތްދޭން ފެށުމަށް ރޭވިފައި އޮތް ނަމަވެސް، އެކި ސަބަބުތަކާ ހުރެ މަޝްރޫއުގެ މަސައްކަތްތައް ވަނީ ލަސްވެފައެވެ. ނަމަވެސް މިހާރު މަސައްކަތްތައް ނިމި، އެއާޕޯޓް ހުޅުވުމަށް ތައްޔާރުވެފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: