ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުމްނު ވެއްޓުމުގެ ކުރިން ރައުދު އާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި: ފުލުހުން

މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަަހުމަދު ޒިލާލް - 21 އ. / ފޮޓޯ: ސީސީޓީވީގެ ސްނެޕްޝޮޓްއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހަފްތާގެ ހުކުރު ދުވަހު އިމާރާތެއްގެ މަތީން ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އާއި ރައުދު އަހުމަދު ޒިލާލްގެ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށް ރައުދު ބުނެފައިވާކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

ކޯޓު އަމުރުގައި ވާގޮތުގައި، ފުލުހުންގެ އައިއޯ ބުނެފައި ވަނީ އެ ރޭ ޔުމްނާއި ރައުދާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށެވެ.

އެކަމުގެ ތަފްސީލެއް އަމުރުގައި ހިމަނާފައެއް ނުވެއެވެ.

ޔުމްނު ވެއްޓުނުތާ މާގިނަ އިރުތަކެއް ނުވެ، އޭނާ ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް އޭނާއަށް ނޭނގޭ ކަމަށާއި، ”ވެއްޓުނީ ކަމަށް ބެލެވޭ“ ކަމަށް ބުނެފައިވާކަމަށް އަމުރުގައި ވެއެވެ.

ޔުމްނު ހޯދަން ރައުދު މަސައްކަތް ކުރިޔަސް، އެކަން ކަމާއި ބެހޭ އިދާރާތަކަށް އޭނާ ނާންގާކަމަށް ވެސް އައިއޯ ވަނީ މައްސަލައިގައި ބުނެފަ އެވެ.

މައްސަލައިގެ ހައްުޔަރުގައި ހުރި ރައުދު ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: