ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިސްތާނާއި އިންޑިއާ ހަނގުރާމައަކާއި ދިމާލަށް!

ޕާކިސްތާނު ސިފައިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާކިސްތާނުން އިންޑިއާ ދެމެދު ބޯޑަރު ސަރަހައްދަށް އަސްކަރީ ވަސީލަތްތައް ޖަމާކުރަމުންދާކަމަށް ނޫސްތަކުން ބުނެފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ނިއުކްލިއާރ ބާރުވެރިކަން އޮތް ދެ ގައުމުކަމަށްވާ އިންޑިއާ އަދި ޕާކިސްތާނުގެ ދެމެދު މައްސަލަތައް ހޫނުވެފައިވަނީ ކަޝްމީރު ސަރަހައްދުގައި ފަތުރުވެރިންތަކެއް މަރާލުމާއި ގުޅިގެންނެވެ. ޓެރަރިޒަމްގެ އަމަލެއްކަމަށް އިންޑިއާއިން ތުހުމަތުކުރާ މައްސަލައިގައި ދެ ގައުމުގެ އަސްކަރިއްޔާއިންވެސް ހަރަކާތްތެރިވާން ފަށާފައިވާއިރު ޕާކިސްތާނުގެ ޓޭންކުތަކެއް ބޯޑަރު ސަރަހައްދަށް ދަތުރުކުރާ މަންޒަރު ފެނިގެންދާ ވީޑިއޯ ސޯޝަލްމީޑިއާގައި އާންމުވެފައިވެއެވެ.

މިލިޓަރީ ޒޯނެއްގެ ގޮތުގައި ކަނޑައެޅިފައިވާ ބޯޑަރު ސަރަހައްދުގައި ޕާކިސްތާނުގެ ސިފައިން އިންޑިއާގެ ޕޯސްޓުތަކަށް ހަމަލާތައްވެސް އަމާޒުކޮށްފައިވެއެވެ. މި މައްސަލަ ހޫނުވެފައިވަނީ ކަޝްމީރުގައި ހަތިޔާރު އެޅި ބަޔަކު 26 ފަތުރުވެރިން މަރާލުމާއި ގުޅިގެންނެވެ. އިންޑިއާގެ ފޮރިން ސެކެޓްރީ ވިކްރަމް މިސްރީވަނީ ޕާކިސްތާނަށް ކްރޮސް ބޯޑާރ ޓެރަރިޒަމް ސްޕޮންސަރު ކުރުމުގެ ތުހުމަތުކޮށްފައެވެ. އަދި އިންޑިއާގައި ތިބި ޕާކިސްތާނުގެ ރައްޔިތުން 72 ގަޑީރުގެ ތެރޭގައި އެގައުމު ދޫކޮށް ދިއުމަށްވެސް އަންގާފައިވެއެވެ.

ޕާކިސްތާނުން ވަނީ އިންޑިއާގެ ތުހުމަތުތައް ދޮގުކޮށްފައެވެ. ޕަހަލްގަމް ކިޔާ ރިސޯޓެއްގެ ގޮތުގައި އޮންނަ ސަރަހައްދުގައި ޖަރީމާތަކެއް ހިންގާފައިވަނީ މީގެ ކުރިން ފާހަގަކުރެވިފައިނުވާ ކަޝްމީރު ރެސިސްޓެންސް ކިޔާ ޖަމާއަތަކުންނެވެ. މި މައްސަލައިގައި އިންޑިއާއިންވަނީ 1960 ވަނަ އަހަރު ވޯލްޑް ބެންކު މެދުވެރިވެގެން ދެ ގައުމުގެ ދެމެދު ފެން ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ އެއްބަސްވުމެއް އުވާލާފައެވެ. ޕާކިސްތާނުން ބުނާގޮތުން ފެން ކަނޑާލުމަށް އިންޑިއާއިން ހިންގާ ކޮންމެ އަމަލަކީވެސް ސީދާ ހަނގުރާމައެއް ފެށުމުގެ ގޮތުން ބަލައިގަންނާނެކަމަށެވެ.

އދއިންވަނީ ދެ ގައުމުންވެސް މިކަމުގެ ތެރޭގައި ކެތްތެރިކަން އިސްކުރުމަށް ގޮވާލާފައެވެ. މިސްރީ ބުނާގޮތުން އިންޑަސް ވޯޓާރ ޓްރީޓީ ސަސްޕެންޑު ކުރަން މޯދީ ނިންމާފައިވަނީ ޕާކިސްތާނުން ކްރޮސް ބޯޑާރ ޓެރަރިޒަމްއަށް އޮންނަ ތާއީދު އަނބުރާ ގެންދިއުމާއި ޖެހެންދެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: